އިންޖީނު ހުއްޓި ކަނޑުމަތިވި ޑިންގީއަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ ޑިންގީއަކީ ހަތަރު މީހުންނާއެކު ވ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް ކަމަށެވެ. ޑިންގީގެ ނަމަކީ "ސިއުނަކް" ކަމަށާއި އެ ޑިންގީއަކީ 20 ފޫޓްގެ ޑިންގީއެއް ކަމަށެވެ.
"ވ. ފުލިދޫގެ އިރުން 12 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ފަތިހު 05:35 ހާއިރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް