ކ. ގުޅިން ހަތް މީހުންނާއެކު މަހަށް ނިކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވެފައިވާގޮތުގައި މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 08:49ގައެވެ. ޑިންގީގައި އެވަގުތު ތިބީ ހަތް މީހުން ކަމަށާއި ޑިންގީ ބަންޑުން ޖަހާލީ ފުއްޓަރަށް ނެގި ރާޅަކާއެކު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުންނާއި ރައްޔިތުން އަދި ކައުންސިލް ގުޅިގެން ވަނީ ބަންޑުން ޖަހާލާފައި އޮތް ޑިންގީ އަނެއް ފުށަށް ޖަހާފައި ކަމަށާއި ޑިންގީ ބަންޑުން ޖަހާލިއިރު ޑިންގީގައި ތިބި ހަތް މީހުން އޭރު ފުއްޓަރުމަތީގައި ތިބި އިރު އެމީހުންގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ޑިންގީ މިހާރު ވަނީ ގުޅިއަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް