މިނިވަން އިންސާފުވެރި އިންތިހާބަކަށް ކެނެޑާއިން ގޮވާލައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކެނެޑާއިން ގޮވާލައިފިއެވެ. ކެނެޑާއިން މިކަމަށް ގޮވާލާފައިވަނީ ކެނެޑާގެ ގްލޯބަލް އެފެއާޒް އިން މިއަދު ނެރެފައިވާ ބަޔާނެއްގ...

13 Sep 2018 | 16:55

ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކެނެޑާއިން ގޮވާލައިފިއެވެ.

ކެނެޑާއިން މިކަމަށް ގޮވާލާފައިވަނީ ކެނެޑާގެ ގްލޯބަލް އެފެއާޒް އިން މިއަދު ނެރެފައިވާ ބަޔާނެއްގައެވެ.

އެ ބަޔާނުގައި ރާއްޖޭގެ ޑިމޮކްރަސީގެ އުސޫލުތައް ނަގަހައްޓަމުން ނުދާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލީޙުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށްވެސް ގޮވާލާފައިވެއެވެ.

ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް އެ ބަޔާނުގައި ގޮވާލާފައިވާއިރު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އިއާދަކުރުމަށާއި އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސް ނޭޅުމަށްވެސް ކެނެޑާއިން ގޮވާލާފައިވެއެވެ.

ކެނެޑާގެ އެ ބަޔާނުގައި އިތުރަށް  ބުނެފައިވަނީ ރާއްޖޭގެ ސިޔާދަތާއި އާންމު މަސްލަހަތަށްޓަކައި ރައްޔިތުންގެ ނިންމުން ފުރިހަމައަށް ދައްކައިދޭފަދަ އިންތިހާބެއް ކުރިއަށް ގެންދިއުމަށް ކެނެޑާއިން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް