އާޓިފިޝަލް ބީޗުގެ ބަދަލުގައި އެމްޑިޕީއަށް އެއް ދުވަހަށް ކާނިވާ ދޫކޮށްފި

އިދިކޮޅު އެމްޑިޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ހަ ދުވަހަށް އާޓިފިޝަލް ބީޗު ދޫކުރުމަށް އެދިފައި ވަނިކޮށް އެއް ދުވަހަށް ކާނިވާ ސަރަހައްދު ދޫކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ. ހައުސިން މިނ...

13 Sep 2018 | 16:16

އިދިކޮޅު އެމްޑިޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ހަ ދުވަހަށް އާޓިފިޝަލް ބީޗު ދޫކުރުމަށް އެދިފައި ވަނިކޮށް އެއް ދުވަހަށް ކާނިވާ ސަރަހައްދު ދޫކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ އާޓިފިޝަލް ބީޗު ދޫކުރެވެން ނެތުމުން އޭގެ ބަދަލުގައި އަންނަ ހޮނިހިރު ދުވަހު ކާނިވާ ސަރަހައްދު އެ ޕާޓިއަށް ދޫކޮށްފައިވާކަން އެމްޑީޕީއަށް އަންގާފައިވާ ކަމަށެވެ. އެ ދުވަހު ކާނިވާ ސަރަހައްދު ދޫކޮށްފައިވަނީ ހަވީރު 4:00 ން ރޭގަނޑު 12:00 އަށެވެ.

ފަޒާލް ވިދާޅުވީ އާޓިފިޝަލް ބީޗް ސަރަހައްދު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާތީ، އެ ތަން އެއްވެސް ހަރަކާތަކަށް ދޫނުކުރަން ކުރިންސުރެ ހަމަޖައްސާފައިވާ ކަމަށެވެ.

އެމްޑީޕީން ހައުސިން މިނިސްޓްރީގައި އެދުނީ ރިޔާސީ އިންތިހާބާއި ގުޅޭ ހަރަކާތެއް ހިންގުމަށް މި މަހުގެ 13، 14، 15، 20، 21 އަދި 22 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 12:00 އަށް އާޓިފިޝަލް ބީޗު ލިބޭނެ ގޮތް ހަދައިދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް