ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ ނާއިބު ހުސައިން ޝަމީމް ކުރެއްވި ޓުވީޓަކާއި ގުޅިގެން ސަސްޕެންޑު ކޮށްފި އެވެ.
މިފަހަރު ޝަމީް ސަސްޕެންޑު ކުރީ ތިން މަސްދުވަހަށެވެ. ޝަމީމްގެ އަނެއްކާވެސް ސަސްޕެންޑުކޮށްފައި މިވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޖުލައި މަހާއި ހަމައަށް ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު އެ ސަސްޕެންޝަން އުވާލުމަށް ފަހު އެވެ.
އެ މައްސަލާގައި އޭނާއާ ސުވާލު ކުރުމަށް ފަހު، އޭނާގެ އެ އަމަލަކީ ވަކީލުންގެ ގަވާއިދާ ހިލާފް ކަމަކަށް ވާތީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފައިވެ އެވެ.
ޝަމީމަކީ ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ވަކާލާތު ކުރައްވާ ތަޖުރިބާކާރު ވަކީލެކެވެ. އަދި އޭނާ އަންނަނީ މާލީ ތަނަވަސްކަން ނެތް މީހުންނަށް ހިލޭ ވަކާލާތު ވެސް ކޮށްދެއްވަމުންނެވެ.
ޝަމީމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނޭ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް