ދީނީ އިލްމުވެރީންތަކެއްގެ ފޮޓޯ ހިމަނާފައިވާ ޕޯސްޓަރެއް، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ޓްވީޓް ކުރެއްވި މައްސަލައިގާ އަބުރުގެ މައްސަލައެއް ނިހާންގެ މައްޗަށް ޝައިޚް އަނީލް ޕޮލިހަށް މައްސަލަ ހުށަހެޅުއްވުމަކީ ޝޭކު ކަމެއްގެ ގޮތުގައި ނިހާން ޝިފަކުރައްވައިފި އެވެ.
ނިހާން އެގޮތަށް ސިފަކުރައްވާފައިވަނީ ޝައިޚް އަނީލް މިއަދު ކުރެއްވި ޓްވީޓަށް ރައްދުދެއްވަމުންނެވެ.
ނިހާން ވިދާޅުވެފައިވަނީ "ޝޭކު" ކަންކަން "ޝައިޚުން" ކުރެއްވީމާ ތިޔަށްވުރެ "ހެއްވާ މަޖާ، ދެއުޅިއެއްނުވާ" ޒާތުގެ ކަންކަން ކުރެއްވޭނީ ކަމަށެވެ.
"ވަރަށް ސަލާމް، އަންނި އާއި ހާޑިންގހަމް ސަލާމް ބުނި" ނިހާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
https://twitter.com/ahmed_nihan/status/1040226264026570753
މިއަދު ޝައިޚް އަނީލް ވިދާޅުވެފައިވަނީ ބައެއް ޝައިޚުންގެ ފޮޓޯއާއެކު އިއްޔެ ނިހާން ކުރި ޓްވީޓްގައި ޝައިޚް އަނީލްގެ އަބުރަށް އަރައިގެންފައިވާކަމަށެވެ.
"އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ފުލުހުންނަށް މިއަދު ހުށަހަޅައިފިން، ގާނޫނު އެންމެންގެ މައްޗަށް އެއް ހަމައަކުން ހިނގަންވާނެ" ޝައިޚް އަނީލް މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.
ދީނީ އިލްމުވެރީންގެ ފޮޓޯތައް ހިމެނޭ ޕޯސްޓަރެއް ނިހާން ޓްވީޓްކުރެއްވީ ރައީސް ޔާމީނަށް ތާއީދުކުރައްވާ ދީނީ އިލްމުވެރީންގެ ގިނަ ކަމާއި އިދިކޮޅަށް ތާއީދުކުރައްވާ ދީނީ އިލްމުވެރިންގެ މަދުކަން ދެއްކުމުގެ ގޮތުންނެވެ. އެ ޕޯސްޓަރުގައި ހިމެނޭ ބައެއް ދީނީ އިލްމުވެރީން އެ ޕޯސްޓަރާއި ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑު އުފުލާފައިވާއިރު ނިހާން މިހާރު ވަނީ އެ ޕޯސްޓަރު ޑިލީޓް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް