ޝޭޚުންގެ ފޮޓޯތަކަކާއެކު ޕީޕީއެމް ޕީޖީ ލީޑަރު އަހްމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ޝެއިޚް މުހައްމަދު އަނީލްގެ ފޮޓޯ ހިމަނާފައިވާތީ ނިހާންގެ މައްޗަށް ޝެއިޚް އަނީލް އަބުރުގެ މައްސަލައެއް ޕޮލިހަށް ހުށަހަޅައިފިއެވެ.
މިކަމާއި ގުޅޭގޮތުން ޝެއިޚް އަނީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބައެއް ޝެއިޚުންގެ ފޮޓޯއާއެކު 12/09/2018 ގައި އަހްމަދު ނިހާން ކުރި ޓްވީޓްގައި ޝެއިޚް ނިމާލްގެ އަބުރަށް އަރައިގެންފައިވާތީ އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ފުލުހުންނަށް މިއަދު ހުށަހަޅާފައިވާނެކަމަށެވެ.
"ގާނޫނު އެންމެންގެ މައްޗަށް ހަމަ އަކުން ހިންގަންވާނެ" ޝެއިޚް އަނީލްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވެއެވެ.
ނިހާން ޓްވީޓް ކުރެއްވި ފޮޓޯ މިހާރު ޑިލީޓްކޮށްފައިވާއިރު އެ ފޮޓޯގައި، ރައީސް ޔާމީނަށް ތާއީދުކުރާ ދީނީ އިލްމުވެރިންކަމަށްބުނެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންގެ ފޮޓޯ ހިމަނާފައިވެއެވެ. އެ ޓްވީޓް މިހާރު ޑިލީޓްކޮށްފައިވާއިރު އެ ފޮޓޯގައި ފޮޓޯ ހިމަނާފައިވާ ބައެއް ދީނީ އިލްމުވެރިން އެކަމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް