ރައީސް ޔާމީން އައްޑޫ އާއި ފުވައްމުލަކު ސިޓިީއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި އެވެ. ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހުޅުމީދޫގެ ނަރުދަމާ ނިޒާމުގެ ހިދުމަތާއި، ފެނުގެ ހިދު...

13 Sep 2018 | 09:23

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހުޅުމީދޫގެ ނަރުދަމާ ނިޒާމުގެ ހިދުމަތާއި، ފެނުގެ ހިދުމަތް އިފްތުތާޙް ކޮށްދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުވައި ދެއްވުމަށް ހަމަޖެހިފައިވެ އެވެ. އެ ރަށުގައި ސަރުކާރުން ހަދާފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުވައިދެއްވުމަށާއި، ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ދަތުރުފުޅުގައި ހިތަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ހިދުމަތް ފައްޓަވައި ދެއްވުމަށާއި، ހައުސިންގް ޔުނިޓްތަކާއި، ނޭޗަ ޕާކާއި، ސޯލާ ހައިބްރިޑް ޕަވާ ސިސްޓަމް ހުޅުވައި ދެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ހިދުމަތް ފައްޓަވައި ދެއްވުމަށާއި، ފޭދޫ ބިންހިއްކުމުގެ މަޝްރޫއު ނިމުން ފާހަގަ ކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެރަށުގެ ފެނާއި، ނަރުދަމާގެ ހިދުމަތް ފައްޓަވައިދެއްވުމަށާއި، ހައުސިން ޔުނިޓްތަކާއި، ނޭޗަ ޕާކް ހުޅުވައި ދެއްވުމުގެ އިތުރުން އެރަށު ބަނދަރުގެ އެއްގަމުތޮށި ހަދާ ނިމުން ފާހަގަ ކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް