އެންސިސްގެ ފައިސާތައް ފޭރިގަތް މައްސަލައިގަ އަންހެނަކު ހައްޔަރު ކޮށްފި

ހުޅުމާލޭގައި ހިންގާ އެންސިސް ފިޝަރީޒްގެ ފައިސާތަކެއް ފޭރިގަތް މައްސަލައިގަ  އަންހެނަކާއި އިތުރު ފިރިހެނަކު ހައްޔަރު ކޮށްފި އެވެ. އެ ކުންފުނީގެ ފައިސާތައް ފޭރިގަނެފައިވަނީ ހުޅުމާލޭ ސެންޓްރޯ މޯލްގައި ހު...

13 Sep 2018 | 07:40

ހުޅުމާލޭގައި ހިންގާ އެންސިސް ފިޝަރީޒްގެ ފައިސާތަކެއް ފޭރިގަތް މައްސަލައިގަ  އަންހެނަކާއި އިތުރު ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

އެ ކުންފުނީގެ ފައިސާތައް ފޭރިގަނެފައިވަނީ ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ފައިސާ ނަގައިގެން، އެންސިސްގެ މުވައްޒަފުން ވެހިކަލަކަށް އަަރަން އުޅެނިކޮށް ސައިކަލެއްގައި ދިޔަ ބައެކެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގަ 25 އަހަރުގެ އަންހެން މީހާ އާއި 23 އަހަރުގެ ފިރިހެން މީހާ ހައްޔަރު ކުރީ އިއްޔެ ކަމަށެވެ. އަދި އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ހައްޔަރު ކުރީ ހުޅުމާލެއިން ކަމަށެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ. މީގެ ކުރިން އެ މައްސަލައިގަ ވަނީ ދެ ފަހަރެއްގެ މަތިން މީހުން ހައްޔަރުކޮށްފައި ވެ އެވެ.

ފުލުހުން ބުނީ އެންސިސް ފިޝަރީޒްގެ ފައިސާތައް ފޭރި ގަތް މައްސަލައިގަ ފުލުހުންގެ ބަންދުގައި މިހާރު ހަތަރު މީހުން އެބަތިބި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް