ނޭޕާލު އަންހެނަކު ރޭޕު ކުރުމަށްފަހު މަރާލާފައިވާކަމުގައި ބުނެ ސޯޝަލް މީޑިއާގައި ރޭ ވާހަކަތަކެއް ފެތުރިފައިވަނިކޮށް، ނޭޕާލު އަންހެނަކު މިދިޔަ އަންގާރަ ދުވަހު ދަންޖެހިގެން މަރުވެފައިވާ މައްސަލައެއް ބަލަމުންއަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގާ މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަހު މާލޭ ގެއެއްގައި އުޅުނު 25 އހަރުގެ ނޭޕާލް އަންހެނެއް ދަންޖެހިގެން މަރުވެފައިވާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
"އަންހެން މީހާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ގައުމަށް ފޮނުވާލުމަށް ވަނީ ހަމަޖެހިފައި" ފުލުހުން ބުނެފައިވެއެވެ.
އެ އަންހެން މީހާ ރޭޕްކޮށްފައިވާކަމަށް ދެކެވޭ ވާހަކައަކަށް ފުލުހުން އެއްވެސް ޖަވާބެއް ނުދެއެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އެއްވެސް ސުވާލަކަށް ޖަވާބުދެވެން ނެތްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް