މައުމޫނަށް އައިޖީއެމްއެޗުގައި ފަރުވާދެނީ

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނެސްފި އެވެ. މައުމޫން މާލެ ގެނެސް ފަރުވާދެނީ ކީއްވެ ކަމެއް އަދި ސާފެ...

13 Sep 2018 | 06:51

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނެސްފި އެވެ.

މައުމޫން މާލެ ގެނެސް ފަރުވާދެނީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ. އެ މައުލޫމާތު ނޭނގޭ ކަމަށް މައުމުންގެ އާއިލާ އާއި ވަކީލުންވެސް ވަނީ ވިދާޅުވެފަ އެވެ.

މައުމޫން އައިޖީއެމްއެޗުގެ ކޮޓަރިއަކަށް ވަންނަ ފޮޓޯއެއް މީޑިއާއަށް ލިބިފައިވާއިރު އަރިހުގައި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ހުންނެވި އެވެ. މިވަގުތު އާއިލާގެ ހުރިހާ ބޭފުޅުން ތިއްބެވީ މައުމޫން އަރިހުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

މައުމޫންގެ ސިއްހީ ހާލުކޮޅު ގޮސްވެގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ނަސްރީނާ ގެންދަވަނީ އާންމުކޮށް ޖަލަށް ވަޑައިގެންނަވަމުންނެވެ.

މައުމޫން ގެންދަވަނީ، ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް ދާ ބައްޔެކެވެ.

މައުމޫން، އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާފައިވަނީ އެ މަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް