ވަކީލު ޝަމީމްގެ މައްސަލައެއް އަނެއްކާވެސް ސުޕްރީމް ކޯޓުން ބަލަނީ

ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ ނާއިބް ހުސައިން ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން އަނެއްކާވެސް ބަލަން ފަށައިފި އެވެ. ޝަމީމާއި ގުޅޭގޮތުން ބަލަމުންދާ މައްސަލައިގެ ތަފްސީލެއް ނޭނގެ ...

13 Sep 2018 | 02:03

ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ ނާއިބް ހުސައިން ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން އަނެއްކާވެސް ބަލަން ފަށައިފި އެވެ.

ޝަމީމާއި ގުޅޭގޮތުން ބަލަމުންދާ މައްސަލައިގެ ތަފްސީލެއް ނޭނގެ އެވެ. ޝަމީމަށް ސުޕްރީމް ކޯޓުން ފޮނުވާފައިވާ ޗިޓުގައި ވަނީ މިއަދު 11:00 އަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައި އެވެ. އެ ޗިޓުގައިވެސް ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް ބުނެފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓަށް ހާޒިރުކުރާ މައްސަލާގައި ވަކި އެއްޗެއް މީޑިއާގައި ވިދާޅުވާކަށް ޝަމީމް ބޭނުމެއް ނޫނެވެ.

ޝަމީމަކީ ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ވަކާލާތު ކުރައްވާ ތަޖުރިބާކާރު ވަކީލެކެވެ. އަދި އޭނާ އަންނަނީ މާލީ ތަނަވަސްކަން ނެތް މީހުންނަށް ހިލޭ ވަކާލާތު ވެސް ކޮށްދެއްވަމުންނެވެ.

ސުޕްރީމް ކޯޓުން އަނެއްކާވެސް ޝަމީމްގެ މައްސަލައެއް ބަލަން ފަށާފައި މިވަނީ އެ ކޯޓުން ބެލި މައްސަލަ އަކާއި ގުޅިގެން އޭނާ ސަސްޕެނޑު ކޮށްފައި ހުރުމަށް ފަހު އެ ސަސްޕެންޝަން އުވާލިތާ ބަރާބަރު ދެ މަސް ފަހުން ނެވެ. އެންމެ ފަހުން މިދިޔަ ފެބްރިއަރީ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ބެލި މައްސަލައަކާއި ގުޅިގެން އޭނާ ސަސްޕެންޑު ކުރިގޮތުން ސަސްޕެންޝަން އުވާލީ މިދިޔަ ޖުލައި މަހު އެވެ.

ޝަމީމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނޭ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް