މާލޭ ފިހާރައެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މަޖީދީމަގާއި ޗާނދަނީ މަގު ގުޅޭ ކަންމަތީގައި ހުރި "ކޮމް ޝޮޕް" ނަމަކަށްކިޔާ ފިހާރައެއްގައި ކަމަށާއި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 03:22ގައި ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ ރޯވެފައި ހުރީ ފިހާރައިގާ ހުރި ކަރުދާސް ފައިލްތަކެއްގައި ކަމަށާއި ފެން ޖަހައިގެން ރޯވި އަލިފާން ނިއްވާލާފައިވަނީ 03:28ގައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމެއް އަދި ސާފެއް ނުވެއެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް