| ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި |
ޝަބާ ތާރާއާއި އެކު އައިސް ޖޯލީގައި އިށީނެވެ.އެވަގުތު ޝަބާގެ ފޯނައް މެސެޖެއް އައުމުން ބަލާލިއިރު ޔަޒާންގެ މެސެޖެކެވެ.
"މާގިނައިން މޫދަށްދެވެނީ ދޯ ދަރިފުޅާ" ނާޒިމް ބުނިއެއްޗަށް ނިޔާޒް ޖަވާބުދެމުން ތަމަންއަށް ބަލާލާފައި ހީލިއެވެ
މިހާރު މަބޮޑަށް ކަޅުވީމަ ދޮންތަ މަލާމާތް ކުރާތީ މޫދަކަށް ނުދަން" ދެން ވަރަށް އަވަހަށް ދޮންވެދާނެ.. ހެހެހެހެ" ތަމަން އެހެން ބުނެ ހޭންފެށުމުން ނާޒިމްއާއި ނިޔާޒްވެސް ހޭންފެށިއެވެ..
ކޮބާތަ ތާރާ !!..ގޭގަ ނެތީތަ؟ ގޭތެރެއަށް ބަލާލަމުން ނާޒިމް ބުނެލިއެވެ.
ތާޜާ އެއްޗެހިދޮންނަން ގިފިލީގަ ވެއްޖެ" ދަރިފުޅު ދޭބަލަދޮންތަ ގޮވައިން އަންނަން"" ނިޔާޒް އެހެން ބުނުމުން ތަމަން ތެދުވެ ގިފިއްޔާ ދިމާލަށް ހިނގައިގަތެވެ.
ކޮބާ އަންހެނުންނާ ދަރިންގެ ހާލު ރަގަޅުތަ؟ ތަމަން ދިއުމުން ނިޔާޒް ސުވާލުކޮއްލިއެވެ.
"އިރާދަކުރެއްވީތީ ހުރިހާއެންމެންގެ ހާލުވެސް ވަރައް ރަގަޅު" ނާޒިމް ބުނެލިއެވެ.
އަހަރެން މިފަހަރު ދާއިރު ހިނގާބަލަ އަނެއްކާ ދައްކާލަން ދާން".. ނާޒިމް ނިޔާޒްއާއި ކައިރިއަށް ގޮޑިދަމާލާފައި އިށީންނަމުން ބުނެލިއެވެ.
މިހާރު ކިތައް ތަނަށް ދެވިއްޖެ ... ކިހާ ފަރުވާއެއް ކުރެވިއްޖެ..ކުޑަވެސް ލުޔެއް ލިބޭ ގޮތެއްނުވޭ..އަހަރެން އެންމެ ދެރަވަނީ އެދެކުދިންނާ ދޭތެރޭ ވިސްނާފަ...އަހަރެން މިހާލުގަ އޮންނާތީ އެކުދިންނަށްވެސް ހާދަ އުދަގޫވާނޭ..އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެވޭކަށްވެސް އަހަރެންނަކަށްނެތް...."ނިޔާޒް ހިތަށް ކޮށްފައިވާ އަސަރުން ނާޒިމް ނިޔާޒްގެ އަތުގައި ހިފާލިއެވެ.
އެހާ ބޮޑަށް ނުވިސްނާ" ތިކަހަލަ ދަރިންތަކެއް ލިބޭނީ ގައިމުވެސް ނަސީބުވެރި ބަފަޔަކަށް" ނާޒިމް އެހެން ބުނެލުމުން ނިޔާޒް ބޯޖަހާލިއެވެ.
އަހަރެން އެބައޮތޭ ނިޔާޒް ކައިރީ ކުޑަ ވާހަކައެއް ދައްކާލަންވެފަ.. އަހަރެން ދާއިރު އާޝާ ނޫނީ ތާރާ ފޮނުވަންވީނު .. އެކުއްޖަކު ކިޔަވަން ބޭނުން ދާއިރާއަކުން އަހަރެން ކިޔަވަދޭނަން....' ގޭގަ އަންހެން ކުއްޖަކު ނުހުންނާތީ ފަޒްލާވެސް އަބަދު އުޅެނީ ފޫހިވެގެން.. އެހެންވެ ގޭގަ ހުންނަން ކުއްޖެއްހޯދާވާހަކަ ދެއްކީމަ އަހަރެން ބޭނުންވީ ނިޔާޒްގެ ދަރިއެއްގެންދަން....އެއީ އެކަމަކު ނިޔާޒް ގަބޫލިއްޔާ..އަހަރެންގެ އުފަންދަރިއެކޭ އެއްގޮތަށް އަހަރެން ނިޔާޒްގެ ދަރިވެސް ބަލާނަން.." ނާޒިމްގެ ވާހަކައިން ނިޔާޒް ހިތާހިތުން ﷲއަށް ހަމްދުކުރެވުނެވެ.
ކުރިންވެސް ތަމަންއާއި ތާރާ ނަރުސްކަން ކިޔަވަން ބޭނުންވެގެން އުޅުންކަން ނިޔާޒްއަށް އެނގެއެވެ.
އަހަރެން އަށް އެނގޭ އެކުދިން ކިޔަވަން ބޭނުންވާ ވަރުވެސް... އަހަރެން ވެސް ބޭނުން އެކުދިން ކިޔަވައިގެން މޮޅު ކުދިންތަކަކަށް ވާތަން ދެކެންވެސް...ނާޒިމްއަށް ޝުކުރުވެރިވާނެ ގޮތެއްވެސް އަހަރެންއަކަށް ނޭގެ.. ނިޔާޒް އެހެން ބުނެލި އިރު ތަމަން ތާރާ ގޮވައިގެން އައިސް އެމީހުން ގާތު މަޑުކުރީއެވެ.
" ނާޒިމްބޭ ހާދަ ދުވަހެއް ފަހުންނޭ މިދިމާވީ ދައްތަމެން ރަގަޅުތަ؟ ތާރާއަށް ނާޒިމް ފެނުމާއެކު ސުވާލުކޮށްލިއެވެ.
"ހުރިހާއެންމެންވެސް ރަގަޅު"..ތާރާ ހާދަ ހިކިފަ ތިހިރީ މިހާރު އާޝާއާއި ދެކުދިން އެއްވަރު"ނާޒިމް ތާރާއާއި ތަމަންގެބޮލުގަ ފިރުމާލަމުން ބުނެލިއެވެ.
ބޭބޭ އެބައަންނަން ފަނި ތަށްޓެއް ހިފައިން" ތާރާ އެހެން ބުނެ ވަރައް އަވަހަށް ކާގެއަށް ވަދެ ފުރިޖް ހުޅުވާލުމައްފަހު ތައްޓަކަށް ކުރުނބާ ފަނި އަޅައިގެން އައިސް ނާޒިމްއަށްދިއްކޮއްލިއެވެ.
"ދަރިފުޅާ ނާޒިމްބެ ބޭނުންވޭ އެބަ ދަރިފުޅުމެން ތެރެއިން ކޮންމެސް އެއްކުއްޖެއް ބޭބެ ކައިރިއަށް ގެންދަން.. ބައްޕަ އަށް އެންމެ ރަގަޅު ކޮންމެ ކުއްޖެއް ދިޔަޔަސް... ބޭބެމެންގެ ބަސްއަހައިން ރަގަޅަށް ކިޔަވައިގެން އައިއްސިއްޔާ ބައްޕަ ވަރައް އުފާވާނެ.
ނިޔާޒްގެ ވާހަކައިން ތާރާއާއި ތަމަން އެއްފަހަރާ ނާޒިމްއަށް ބަލާލިއެވެ.
"ބޭބެ ތިކުދިން ކިޔަވަން ބޭނުންވަރަކަށް ކިޔަވަދޭނަން...އެއްވެސް ކަމެއް ދަތިވިޔަކަ ނުދޭނަން..ތާރާއާއި ތަމަން ބަލަން ހުރިގޮތުން ނާޒިމް ބުނެލިއެވެ.
"އަހަރެން ވަރައް އުފާވެއްޖެ.... އަހަރެން ބޭނުން ތަމީ ބޭނުންވާކަހަލަ މޮޅު ޑޮކްޓަރަކަށްވެގެން އައިސް ބައްޕަގެ ބައްޔަށް ފަރުވާ ކުރާތަންދެކެން.. ބޭބޭ ....!! ބޭބެ އާއި އެކު ދާނީ ތަމީ..'' ތާރާގެ ވާހަކައިން ތަމަން އިސްޖަހާލިއެވެ.
ނިޔާޒް އަހަރެންދެން ގޮސްލީ" އާޝާ ތައްޔާރުވޭ ދެދުވަސްތެރޭ ފުރަން" ނާޒިމް ގޮޑިން ތެދުވަމުން ބުނެލިއެވެ.
ނާޒިމްބޭ މިރޭ ކާން އަންނާތި އިނގޭ" ތާރާ އެހެން ބުނުމުން ނާޒިމް ބޯޖަހާލަމުން ހިނގައިގަތެވެ.
ނޫން ދޮންތާ!.. އަހަރެންނަށް ދޮންތައާއި ބައްޕައާ ވަކިން ނޫޅެވޭނެ.. ބައްޕާ އަހަރެން ނުދާނަން...."ތަމަން ކިތަންމެ ކިޔަވަން ބޭނުންވިޔަސް އެމީހުންނާ ވަކިން އޭނަ އުޅޭނެގޮތެއް ނޭނގެއެވެ.
ދަރިފުޅާ މިކަހަލަ ފުރުސަތެއް ލިބުނީމަ ބައްޕަ ބޭނުން ކޮންމެވެސް އެއްކުއްޖަކުދާން.. ބައްޕަ އަށް ކޮންމެ ކޮންމެ މީހަކަށް އިތުބާރުކޮށްފަ ދަރިފުޅުމެން ނުފޮނުވޭނެ ..ބައްޕަގެ ހާދަ ބޮޑު ދުއާއެކޭ ﷲ މިއަދު މި އިޖާބަކުރެއްވީ..' ނިޔާޒް އެކަމައް ބޭނުންވެފަ ހުރި ވަރު އެވާހަކައިންވެސް އެނގުނެވެ.
"ދޮންތަ ދޭ ކިޔަވަން .. އަހަރެން މާ ބޭނުން ދޮންތަ މޮޅުމީހަކަށް ވާތަން ދެކެން...އަހަރެން ބައްޕަ ގާތު މަޑުކުރާނަން..."ތަމަންއަށް ރޮވޭވަރުން ވާހަކަ ދައްކަންވެސް އުދަގޫވިއެވެ.
ތަމީ އާދެބަލަ" ތާރާ އެހެން ބުނެ ތަމަން އަތުގައި ހިފައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އޭރު ނިޔާޒްވެސް އޮތީ ތަމަން ރުއި ވަރުން ހިތުގައި ޖެހިފައެވެ.
"ކޮއްކޯ!.. ކޮއްކޮވެސް ދޮންތަވެސް އެންމެ ދެކެން ބޭނުންވާ ދުވަހަކީ ބައްޕަ ބައްޔަށް ޝިފާއެއް ލިބޭނެ ދުވަސް ..އަހަރެމެންގެ ދުއާ ﷲ އިޖާބައެކުރެއްވީ.. މިކަހަލަ ފުރުސަތެއް ނުލިބޭނެ.. ދޮންތައަށްޓަކާ ވެސް ކޮއްކޮ ދާނަމޭ ބުނޭ ޕްލީޒް... ކޮއްކޮ ޑޮކްޓަރަކަށް ވެގެން އައީމަ އަހަރެމެންގެ ދިރިއުޅުންވެސް ރަގަޅުވާނެ." ތާރާ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ތަމަން ގިސްލަ ގިސްލާފައި ރޮނީއެވެ.
ކަރުނައިގެ ތެރެއިން ތަމަން ތާރާގެ އާދޭސްތަކަށް އިޖާބަދެމުން އެކަމާއެއްބަސްވިއެވެ.
އަހަރެން ދޮންތައަށްޓަކާ ނުކުރާނެ އެއްވެސް ކަމެއް ނުހުންނާނެ.. އަހަރެންގެ ފުރާނަވެސް....." ތަމަންއަށް އެހާހިސާބަށް ބުނެވުނުތަނާ ތާރާ ތަމަންގެ އަނގަމަތީގައި އަތްއެޅިއެވެ.
އަދި ލޯބިވާ ކޮއްކޮގެ ގައިގާ ބައްދާލިއެވެ އޭރު ތާރާއަށްވެސް ރޮވެނީއެވެ. ކިތަންމެ ހިތްވަރު ކުރިޔަސް ތާރާއަށްވެސް ތަމަންއާ ވަކިން އުޅޭނެ ގޮތެއްނޭގެއެވެ.
"ދެން ހުއްޓާލާ ތަމީ"..ހިނގާ ބައްޕަ ކައިރިއަށްދާން.. ބައްޕަ ކައިރިއަށް ގޮސް ތަމީ ނުރޮއްޗޭ ..އޭރަށް ބައްޕަ ދެރަވާނެ.."ތާރާ އެހެން ބުނުމުން ތަމަން އަތުގެ ނުފުށުން ކަރުނަތަށް ފޮހެލުމަށްފަހު ހިނގައިގަތެވެ.
"ބައްޕާ އަހަރެން އިރާދަކުރެއްވިއްޔާ މޮޅު ޑޮކްޓަރަކަށް ވެގެން އައިސް ބައްޕަ ރަގަޅު ކުރާނަން"..ތަމަން އެހެން ބުނިއިރުވެސް އެދެލޮލުން އޭނަ އެކަމާ ދެރަވެފަ އިންވަރު ނިޔާޒްއަށް ފެނެއެވެ.
"ބައްޕަ ހީކުރީ ދަރިފުޅު ނަރުހަކަށް ކަމަށް ވާން ބޭނުންވަނީ"..ނިޔާޒް ތަމަންގެ ބުރަކަށި ފިރުމާލަމުން ބުނެލިއެވެ.
ކުރިން ބޭނުންވީ ނާރސްއަކަށް ވާން.. އެކަމަކު ތަމީއަށް ބައްޕައަށް ވުރެ އެއްވެސްކަމެއް މުހިންމެއްނޫން އެހެންވެ ޑޮކްޓަރަކަށްވާން ބޭނުންވީ"...ތަމަން ތާރާއަށް ބަލައިލަމުން ބުނެލިއެވެ.
"ބައްޕަ ހާދަ އުފާވެއްޖޭ..'ބައްޕަ ދެކުދިންވެސް ބައްޕަ ދެކެ އެހާ ލޯބިވޭ.. ދަރިފުޅާ ކޮންމެ ތަނަކަށް ދިޔަޔަސް ބައްޕަގެ ތަރުބިއްޔަތު މަތިން ހަދާން ނައްތާނުލާތި..'ބައްޕައަށް އެނގޭ ދަރިފުޅު ގޯސް ގޮތަކަށް ނޫޅޭނެކަން އެކަމަކު ބައެއްފަހަރު ޖެހޭ ރައްޓެހިންގެ ސަބަބުން މީހުން މަގުން ކައްސާލާ..'ދައްތަޔާ ބޭބެ ގެ ބަސް އަހައިން އުޅޭތި...'ނިޔާޒް ނަސޭހަތް ދިން އިރު ތަމަން އަޑުއަހަން އިނީއެވެ.
**
ރޭގަނޑުގެ ކެއުމަށް ތައްޔާރުކުރަމުން ދިޔައިރު މިއަދު ތާރާއަށް އެއްވެސް ކަމެއް ރަގަޅަކަށް ނުކުރެވެއެވެ. ހިތަށް ކޮއްފައިވާ އަސަރުން އެތެރެ ހަށީގައިވެސް ރިހުމެއްވަނީ އުފެދިފައެވެ.ބޭރުފުށުން ތަމަންއަށްއޭނަގެ ހިތުގެ ހާލު އަންގަން ބޭނުންނުވަނީއެވެ. .
ތަމަންއާ ވަކިން އުޅެން ޖެހޭނެތީ ތާރާ ހިތާމަކުރާ ވަރު އެނގޭނަމަ ތަމަން ނުދާނެކަން ތާރާއަށް އެނގެއެވެ.
ދޮންތާ ދެން އަހަރެން ދޮންތަ ކައިރީ ހުންނާނީ އެންމެ ދުވަހަކު.. މިއަދުވެސް އަހަރެންނައް އެއްވެސް މަސަތްކަތެއް ނުޖައްސާނަންތަ. ތާރާގެ ޖަވާބެއް އަޑުއެހުމެއްނެތި ކެރެޓްއާއި ކެބެޖް އަޅާފައި ހުރި ތަށި ހިފައިގެން އައިސް މޭޒް ކައިރީ އިށީދެ ކޮށަންފެށިއެވެ.
"އަތް ކެޑިދާނެ ދީބަލަ ދޮންތަ އަތަށް .. ކޮއްކޮ އިނދެބަލަ ދޮންތަ ކައިރީ އޭރަށް ދޮންތަ ވަރައް އުފާވާނެ" ތާރާ އެހެން ބުނެ ތަމަން އަތުން ތަށީ އަތުލުމުން ތަމަން ދެފަރާތައް ބޯހޫރާލީ ޕިސް ޕިސް ލައްވާލަމުންނެވެ.
އޯކޭ އަހަރެން ދެން އެއްވެސް ކަމެއް ނުކުރާނަން މިހެން އިންނާނީ ދެން.. އަހަރެން މީހަކާ އިނީމަ ވެސް ދޮންތަ ވާނެ އަހަރެން ފިރިމީހާއަށް ކައްކަދޭންދާން..ތަމަން އެހެން ބުނުމުން ތާރާ ހޭންފެށިއެވެ.
ދެކުދިން ސަމާސާ ވާހަކަތަކުގައި ކުރިއަށް ދާއިރު ދޭތެރެއަކުން ބާރު ބާރަށް ހޭންފަށައެވެ.
ގަޑިން ރޭގަޑު އަށްގަޑި ބައިގައި ނާޒިމް އެގެއަށް އައުމުން ހުރިހާއެންމެން އެކުގައި ކާއިގެން ނާޒިމް އެބުރި ދިއުމުން އެހެން ރޭރެއަށް ވުރެ އަވަހަށް މިރޭ ތާރާ ތަމަން އާއި އެކު ކޮޓަރިއަށް ވަނެވެ
**
އާދުވަހަކަށް އަރައިގެން އައި އިރާއެކު ތާރާގެ އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް ތާރާގެ ދުވަސް ކުރިއަށް ދެއެވެ. މާދަމާގެ ބޯޓުން ތަމަން ފުރާތީ އިތުރަށް އަތްމަތި ހަލުވިކޮއްލާ ތަމަންގެ އެއްޗެހި ދޮވެ އިސްތިރިކޮށް ފަތްޖެހުމަށްފަހު ތާރާ ފޮއްޓަށް އެޅިއިރު ކައިރީ އިން ތަމަން އަށް ނުފެންނަ ގޮތަށް ކޮންމެ ފަހަރަކު އެލޮލުގައިވި ކަރުނަ ފޮހެލަނީ އެކަން އަންގަން ބޭނުންނުވާތީއެވެ.
**
ހަވީރުގެ ހިތްފަސޭހަ ވަގުތުގައި ޔަޒާންއާއި އެކު މާކިން މިސްރާބުޖެހީ އަތިރިމައްޗާ ދިމާލަށެވެ.
"ހިނގާ އޭނަ ޖޯލީގަ އިށީންނަންދާން".. ޔަޒާން ރާޅުޖަހާ ފަށުގައި ހެދިފައިހުރި ހިރުދުގަހުގައި އެލުވަފައިވާ ޖޯލިތަކަށް އިސާރާތް ކޮއްލަމުން ބުނެލިއެވެ.
"މިރަށަކީ ވަރަށް ހިތްފަސޭހަ ރަށެއް ".. އަހަރެން މިރަށުން ދާހިތެއް ނުވޭ'..މާކިން ޖޯލީގައި އިށީންނަމުން ބުނެލިއެވެ.
"އެނގޭ ދާހިތް ނުވާނެކަން ".. މިރަށުގަ ހުރި އެންމެ ރީތި މަންޖެ ލިބުނީމަ ކާކުތަ ދާހިތް ވާނީވެސް..ހެހެހެ..." ޔަޒާން އެހެންބުނެ ހޭންފެށިއެވެ.
"އަސްލުވެސް އެއީކަންނޭގެ މިވާގޮތަކީ"..ފުރާދުވަސް ގާތްވާވަރަކަށް ވަރަށް ހިތްތެޅޭ"..އަސްލު މިފަހަރު އަހަރެން ބޭނުންވަނީ ތާރާއާ މެރީކޮށްފަ ދާން އެކަމަކުއަދި ބައްޕަމެން ކައިރީ އެވާހަކަ ދައްކަން ނުކެރިގެން މިއުޅެނީ'...އެހެންވެ ކައިރިއަށްގޮސް ހަމަޖެހިލައިގެން އެވާހަކަ ދައްކަން މިމަޑުކުރަނީ"...އިރާދަކުރެއްވިއްޔާ އަހަރެން ވަރަށް އަވަހަށް އެބުރި އަންނާނަން".. މާކިން ވަރައް ޔަގީންކަމާއެކު ބުނެލިއެވެ.
**
ތަމީ ޕްލީޒް ދޮންތަ ބުނާގޮތައް ހަދާބަލަ..ހާދަ ރީއްޗޭ އިސްތަށިގަނޑު ނިއުޅާލީމާ ..' ކީއްވެތަ އަބަދު ތިހުޅިޖަހަނީ...ތާރާ ތަމަންގެ ބޮލުގައި ފުނާ އަޅުވަދީފައި އިސްތަށިގަނޑު ހާވާލާފައި ބޭއްވުމުން ތަމަން ހުޅިޖަހަން އުޅެން ފެށުމުން ތާރާ ބުނެލިއެވެ.
ގައި ކަހަނީއޭ...ތަމީއަށް ވަރަށް އުދަގޫ އިސްތަށިގަނޑު ހޭވީމަ.."
"އޯކޭ ހުޅިޖަހާ..އެކަމަކު މޫނުގަ ހުރި ފުށްކޮޅޮ ފޮހެނުލާތި..'އެހެންބުނެ ތާރާ ތަމަންގެ މޫނުގައި ފުށްޖެހިއިރުވެސް ތަމަން އިނީ އުދަގޫވެފައެވެ.
"ތިހެދުން ދޮންތައަށް އެހާ ރީއްޗެއްނޫން"..ދޮންތަ ބުނާ ހެދުމެއްލައިބަލަ"..ތަމަން ލައިގެން އިން ކަޅުކުލައިގެ ކަކުލާ ހސާބައްއަންނަ ހެދުމަށް ބަލައިލަމުން ތާރާ ބުނެލިއެވެ.
"ދެން މިއަދު އޯކޭ ވާނެ"..ދޮންތަ ދެން ތައްޔާރުވެބަލަ"...މިހާރު އައިޒްމެންވެސް ވެސް އަންނަންއުޅޭނެ"..ތަމަން އެހެން ބުނުމުން ތާރާ އަލަމާރި ކައިރީ ހުއްޓިލާ ފަހަރަކު ހެދުމެއްނަގަމުން ގޮސް ކަޅުރަތް ކުލައިގެ ޓޮޕް ފެނުމުން ތުންފަތަށް މަޑު ހިނިތުންވުމެއް ވެރިވިއެވެ.
އެހެދުމަކީ އޭނައަށް ވަރަށް ހާއްސަ ހެދުމެކެވެ.
މާކިންއާއި ތާޜާގެ ލޯބި ފެށުނުރޭ ތާރާލީ އެހެދުމެވެ. އެހެދުން ތާރާއަށް ވަރަށް ގުޅޭކަމައްބުނެ މާކިން އެރޭ ތާރާއަށް ވަރަށް ތައުރީފް ކުރިއެވެ. ހިޔާލުގައި ހުރެ އެހެދުން ލައިގެން އައިސް ލޯގަނޑު ކައިރީ ހުއްޓިލިއެވެ.
"ދޮންތާ.. ހާދަލަހޭ އެހެންވޭ ތަމީ ތިހެން ނޫޅެނީ މިހާރު ކިހާ އިރެއް އިސްތަށިގަނޑު ގަތާތާ ވެސް " ތަމަން ފޫހިވެފަ އިދެއެހެން ބުނެލުމުން ތާޜާ ހޭން ފެށިއެވެ.
ތަމީވެސް އަދި މިހެން އުޅޭނެ "..އެދުވަހަކުން ދޮންތަވެސް ހުންނާނަން ތިހެން ކިޔަން "... ތާރާ ބުނެލިއެވެ.
ހިނގާ ނިމުނީ".... ތާރާ ގަތާފައި އޮތް އިސްތަށިގަނޑު ފަހަތަށް ދޫކޮށްލުމައްފަހު ބުނެލިއެވެ.
ކޮބާތަ ޝާވެސް މިއަދު ހާދަ ލަސްވެއްޖޭ".. ކޮއްކޮ ދޭބަލަ ޝާ ކޮބާތޯ ބަލައިލަން..ދޮންތަ މިދަނީ ބައްޕަ ކައިރިއަށްގޮއްސަ"..ތާރާ އެހެން ބުނުމުން ތަމަން ގޭދޮރާ ހިސާބައްނިކުތްއިރު އައިޒާ އާއިއެކު ޝަބާ އެގެއަށް ވަންނަން އަންނަނީއެވެ.
ތާރާ ނިކުތުމުން ހަތަރު މީހުން އެކުގައި އަތިރިއާ ދިމާލަށް މިސްރާބުޖެހިއެވެ.
ޖޯލީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އޮތް މާކިންގެ ލޮލުގައި ތާރާ އަޅައި ގަންނާކަށް ގިނައިރެއް ނުނެގިއެވެ.
"ޔަޒް ބަލާބަލަ...' ގޮވާ މިކޮޅަށް އަންނާށޭ"..
މާކިން އެހެން ބުނުމުން ޔަޒާން އެމީހުންނަށް ފެންނާނެހެން އަތްހިތްލާލަމުން ގޮވާލިއެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް