މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ތަކެއް ފޭރިގެންފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ރޕޯޓު ކޮށްފައިވަނީ މިރޭ 10:35 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އަމީނީ މަގު ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައި އެވެ.
ފުލުހުން ބުނީ މިހާތަނަށް ތަހުގީގަށް ލިބުނު މައުލޫމާތަށް ބަލާއިރު ހަމަލާދީ ފައިސާތައް ފޭރިގަނެފައިވަނީ ދެ ސައިކަލެއްގައި ދިޔަ ބައެ ކެވެ. މި ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ބުނެ އެވެ. އެކަމަކު މިހާތަނަށް ހަމަލާދިން މީހުން ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފޭރިގަނެފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް