ރައީސްގެ ކެބިނެޓަށް ފުރިހަމަ އިތުބާރު އެބަ އޮތް: ޖުމްހޫރީ ޕާޓީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމުގައި ޖުމްހޫރީ ޕާޓީން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނެފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތ...

13 Aug 2020 | 05:13

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމުގައި ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ރައީސް ނަޝީދު އިސްވެ ހުންނަވާ މަސައްކަތް ކުރަމުން އަންނައިރު އެކަމުގައި ޖޭޕީގެ ބަހެއް ހޯދުމަށް ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ޖުމްހޫރީ ޕާޓީން ބުނެފައިވަނީ ޖޭޕީ އަބަދުވެސް މަސައްކަތް ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ދަމަހައްޓަން އަދި ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އިތުބާރު ޖޭޕީއަށް އެބަ އޮތް ކަމަށެވެ.

އެ ޕާޓީން އިތުރަށް ބުނެފައިވަނީ ކަމެއް ގޯހިއްޔާ އެކަމެއް އަބަދުވެސް ޖޭޕީން ހާމަކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް