ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ފިލި ގައިދީއަކު ހޯދައި، އޭނާ އަލުން އަނބުރާ ޖަލަށް ގެންގޮސްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވާގޮތުގައި އޭނާ ފިލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 10:08 ހާއިރު ކަމަށެވެ.
"ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ގުޅިގެން ކުރި މަސައްކަތުން ފިލި ގައިދީ ވަނީ ހޯދައި އަނބުރާ ހިންމަފުށީ ޖަލަށް ގެންދެވިފަ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މީހާ ފެނިފައިވަނީ ހިންމަފުށިން ރޭ ގާތްގަނޑަކަށް 10:13 ހާއިރު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް