ތ.ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންފާހަގަކޮށްފި

ރައީސުލްޖުމްހޫރިއްޔާ ތ.ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކޮށްދެއްވައިފިއެވެ. ވޭމަންޑޫގެ ރަށްގިރުން ހުއްޓުވުމަށް އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި...

13 Aug 2018 | 08:29

ރައީސުލްޖުމްހޫރިއްޔާ ތ.ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކޮށްދެއްވައިފިއެވެ. ވޭމަންޑޫގެ ރަށްގިރުން ހުއްޓުވުމަށް އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މިމަޝްރޫޢު ހިންގާފައިވަނީ ސަރުކާރުގެ ބަޖެޓުންނެވެ. މިމަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައި މިވަނީ މިހާރު ތ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތ.ތިމަރަފުއްޓަށް ވަޑައިގެން އެރަށުގެ ފެނުގެ ނިޒާމްގެ ޚިދުމަތް ވަނީ ފައްޓަވާދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތ.ކަނޑޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި ތ. ވިލުފުށި މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި ތ. ބުރުންޏާއި، ދިޔަމިގިއްޔާއި މަޑިފުށީގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތ. މަޑިފުށީގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި، އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް