މަސްވެރިކަމަށް ނިކުމެ އުޅުނު ބިދޭސީއަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ

ގއ. ގެމަނަފުށީގައި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ބިދޭސީ އަކު ކަރަންޓްގައި ޖެހިގެން މަރުވެއްޖެ އެވެ. ގެމަނަފުށީ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ޝިޔާން "ދުވަސް" އަށް ވިދާޅުވީ އެ ހާދި...

13 Aug 2018 | 07:36

ގއ. ގެމަނަފުށީގައި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ބިދޭސީ އަކު ކަރަންޓްގައި ޖެހިގެން މަރުވެއްޖެ އެވެ.

ގެމަނަފުށީ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ޝިޔާން "ދުވަސް" އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު ކަމުގައެވެ.

"އެންދަމަން މިގެންގުޅޭ ލައިޓް އެންދަމާ ނިންމާފައި ލައިޓް ނަގަން ހިފިތަނުން ކަރަންޓް އައީ. ދެން އެހިސާބުން ކަރަންޓްގައި ޖެހިފައި އެމީހާ މަރުވީ. ދެން އޭނަ ގައިގައި އިތުރު ދިވެހި މީހަކު ހިފެހެއްޓި އެގަޑީގައި. އެމީހާއަށްވެސް ކަރަންޓު އައިސްގެން ދިވެހި މީހާއަށް ފަރުވާދެމުން ދަނީ މިރަށު ސިއްހީ މަރުކަޒުން ." ޝިޔާން ވިދަޅުވިއެވެ.

ޝިޔާން ވިދާޅުވީ ދިެވހި މީހާއަށް އިތުރު ފަރުވާ ދިނުމަށް ރަށުން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިހާރު ބިދޭސީ މީހާ ގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝިޔާން ވިދާޅުވިއެވެ.

ގއ.ގެމަނަފުށީގައި ދުއްވާ މިދޯންޏަކީ ގއ،.ދެއްވަދޫ ދޯންޏެއްކަމަށާއި ގެމަނަފުށީގައި ދުއްވަނީކަމަށް ޝިޔާން ވިދާޅުވިއެވެ.

ފުލުުހުން ބުނީ މަރުވެގެން ރިޕޯޓްކޮށްފައިވަނީ ބަންގްލަދޭޝްގެ މީހެއްކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް