މިއަދަކީ ބޮލީވުޑްގެ އައިކޮނިކް އެކްޓްރެސް ޝްރީދޭވީގެ 55 ވަނަ އުފަންދުވަހެވެ. މިއަހަރުގެ ކުރީކޮޅު ސްރީދޭވީ މިދުނިޔެއާއި ވަކިވެފައިވީނަމަވެސް ޝްރީދޭވީގެ ހަނދާންތައް އެތައްބަޔަކު ދަނީ އާކުރަމުންނެވެ. ޚާއްސަކޮށް އޭނާގެ އާއިލާއާއި ރަހުމަތްތެރިންނާއި ފޭނުންނެވެ. ސްރީދޭވީ 55 ވަނަ އުފަންދުވަހާ ދިމާކޮށް ސްރީދޭވީގެ ދޮށީ އަންހެންދަރިފުޅު ޖާންވީ ވަނީ އިންސްޓަރގްރާމަށް އޭނާގެ މަންމަ ސްރީދޭވީ އާއި ބައްޕަ ބޯނީކަޕޫރު އާއެކު ނަގާފައިވާ ކުޑައިރުގެ ފޮޓޯއެއް ޕޯސްޓްކޮށްފައެވެ.
އެއާއެކު ސްރީދޭވީގެ ރަހުމަތްތެރިންނާއި ފޭނުން އަންނަނީ ސްރީދޭވީގެ ހަނދާން އާ ކޮށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ. ޖާންވީ ވަނީ މީގެކުރިން އޭނާގެ މަންމައާއި ބައްޕަގެ އެނަވަރސަރީގައިވެސް އެ ދެމީހުންގެ ފޮޓޯއެއް އިންސްޓަރގްރާމަށް ޕޯސްޓްކޮށްފައެވެ.
ދަޅަކް އިން ބޮލީވުޑަށް ނިކުތް ޖާންވީ ކަޕޫރު ވަނީ އޭނާގެ ފުރަތަމަ ފިލްމުވެސް ސްރީދޭވީ އަށް ހަދިޔާކޮށްފައެވެ. ސްރީދޭވީ ނިޔާވިއިރު ޖާންވީ ދިޔައީ ދަޅަކް ގެ ޝޫޓިންގ ކުރިޔަށް ގެންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް