ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ކެނޑިޑަސީ ފައިލް ކުރެއްވި ހުސެއިން ނަސީރުގެ ކެނޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބާތިލުކުރި މައްސަލަ ހުސެއިންގެ ފަރާތުން މިއަދު ހައިކޯޓަށް ހުށަހަޅައިފި އެވެ.
އެގޮތުން ހުސެއިންގެ ތަރުޖަމާނު އަމްޖަދު ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި ހުސެއިން ނަސީރު ހުށަހެޅުއްވި ކެނޑިޑަސީ ބާތިލުކޮށްފައިވާތީ އެ މައްސަލަ ބަލައިދިނުމަށްއެދި މިއަދު ހައިކޯޓަށް ވާނީ ހުށަހަޅާފައި ކަމަށެވެ.
ހުސެއިން ނަސީރުގެ ކެނޑިޑަސީ ބާތިލުކޮށް އިލެކްޝަންސް އިން ބުނެފައިވަނީ ކެނޑިޑަސީ ފައިލްކޮށްފައިވާއިރު ބައެއް ލިޔެކިޔުންތައް މަދު ކަމަށެވެ. އަދި ހުށަހަޅާފައިވާ ސޮއިތަކުގައި މައްސަލަ އުޅޭ ކަމަށެވެ.
ނަމަވެސް ހުސެއިންގެ ފަރާތުން ހުކުރު ދުވަހު ބީހައިވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމްޖަދު ވިދާޅުވީ އީސީން ވަނީ ހުސެއިންގެ ހައްގު ނިގުޅައިގެންފައި ކަމަށެވެ. އަދި ފޯމް ބާތިލްކުރި ސަބަބުތައް ކަމަށް ހާމަކުރި ކަންތަކުގައި އެއްވެސް ބުރަދަނެއް ނެތްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް