މި އަހަރުގެ ތެރޭގައި ތ ތިމަރަފުށީގެ ބޮޑު މަގުގައި ތާރު އަޅައި ރަނގަޅުފެންވަރަކަށް ހަދައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތ ތިމަރަފުށީ ފެނުގެ ނިޒާމް އިފްތިތާހް ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މި އަހަރުގެ ތެރޭގައި މަގު ތާރު އަޅާ ރަނގަޅުފެންވަރަކަށް ހަދާ ނިންމައިދޭނަމޭ" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫގެ ސާމާނު އެކި ހިސާބުގައި އެބަ އުޅޭ ކަމަށާއި މަޝްރޫއެއް ނިމުނުހާ އަވަހަކަށް އެ ސާމާނު ތިމަރަފުއްޓަށް ދަތުރުފަށާނެ ކަމަށެވެ.
ރައީސް ވަނީ ތިމަރަފުއްޓަށް އިތުރު ދެ ވައުދެއްވެސް ވެ ވަޑައިގެންފައި އެވެ. އެއީ އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ގާއިމުކޮށްދެއްވާނެކަމުގަ ވައުދާއި ރަށުގެ ލޭންޑް ޔޫސް ޕްލޭން މި މަހުގެ ތެރޭގައި ނިމި ރައްޔިތުން އެދޭގޮތަށް ބިން ދޫކުރަން ފެށޭނެ ކަމުގެ ވައުދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް