ރީރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ ފޯމްތައް މާދަމާގެ ނިޔަލަށް ނިމޭނެ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓްރޭޝަން ކުރުމަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއް ޕްރޮސެސްކޮށް މާދަމާގެ ނިޔަލަށް ނިންމުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އިލެކްޝަން ކޮމިޝަނ...

13 Aug 2018 | 06:29

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓްރޭޝަން ކުރުމަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއް ޕްރޮސެސްކޮށް މާދަމާގެ ނިޔަލަށް ނިންމުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރ އަދި ސްޕޯކްސް ޕާސަން އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ. އަކްރަމް ވިދާޅުވީ ފޯމުތައް ޕްރޮސެސްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާއިރު އިލެކްޝަން ކޮމިޝަނަށް ލަފާކުރެވެނީ ރީރަޖިސްޓްރޭޝަނަށް 95000 ގާތްކުރާ އަދަދަކަށް ފޯމް ހުށަހެޅިފައި ހުންނާނެކަމުގައި ކަމަށެވެ.

" ގާތްގަޑަކަށް 95000 ފޯމް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާނެކަމަށް ލަފާކުރެވޭ. މިއީ ރަޖިސްޓްރީވެފައިވާ އަދަދެއް ނޫން. ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ އަދަދު. " އަކްރަމް ވިދާޅުވިއެވެ.

ރީރަޖިސްޓްރޭޝަން ގެ ފުރުސަތު މިދިޔަ ހޮނިހިރު ދުވަހު ހަމަވެފައިވާއިރު އިލެކްޝަނުން ކުރިންވެސް ބުނެފައިވަނީ ރީރަޖިސްޓްރޭޝަން ކުރުމަށް ލައްކައެއްހާ ފޯމް ހުށަހަޅާފައިވާނެކަމަށް ލަފާކުރެވޭކަމުގައެވެ. އެއާއެކު އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ހިސާބުތަކަށް ބަލާއިރު 100000 މީޙުން ރީރަޖިސްޓަ ކޮށްފި ނަމަ އެއީ މައްސަލައެކެވެ. އޭގައި އޮޅުވާލުމާއި މަކަރު ހެދުން ހިމެނޭނެކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް