މަރަށް މަރު ހިފުން ނުވަތަ ޤިޞާޞު ހިފުމުގެ ވާހަކަ ދައްކަން ފެށުމުން އެކަމާ މީހުން ވިސްނާ ކަމަށާއި ކުރިން ހިނގާ ސްކޭލްގައި އެކަން ނުހިނގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ތ ތިމަރަފުށީ ފެނުގެ ނިޒާމު އިފްތިތާހްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
" ޤިޞާޞު ހިފާނަމޭ އަޅުގަނޑު ބުނިން، އެހިސާބުން މީހުން ވިސްނާ ކަންކަމާ، އޭގެ ފަހުން އެގޮތަށް މަރާ މެރުން ވަނީ (މަދުވެގެން) ގޮސްފަ، މި ދެންނެވި ސްކޭލްގަ މިކަމެއް ނުހިނގާ" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި 30 މަރެއްގެ ވާހަކަ ދައްކާއިރު އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ކަންކަން ފެށިގެން އަންނަނީ ކުރީގައި އޮތް ތިން އަހަރުގެ ސަރުކާރުގައި ކަމަށެވެ.
https://twitter.com/presidencymv/status/1028887586419265538
"އެބޭފުޅުންގެ މެނިފެސްޓޯގައި ނޯންނާނެ 100 އިން 100 މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނާނެ ކަމަކަށް" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މަރަށް މަރު ހިފާ ވާހަކަ ދައްކަންވެސް އެބޭފުޅުންނަށް ނުކުރޭނެ ކަމަށާއި އެވާހަކަ އެ ބޭފުޅުންގެ މެނިފެސްޓޯގައިވެސް ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް