ތ.ތިމަރަފުށީގައި ސަރުކާރުން ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވައިފިއެވެ. ފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
ތ.ތިމަރަފުށީގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. މި މަޝްރޫޢު ނިމިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުއެވެ. ތ.ތިމަރަފުށީގެ ފެނުގެ ނިޒާމަކީ ޕިޔުރިޓަސް އާ ހަވާލުކުރައްވައިގެން ސަރުކާރު ބަޖެޓުން 27 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިޔަށްގެންގޮސްފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން އެރަށުގެ 365 ގެޔަކަށް ފެންފޯރުކޮށްދޭނެއެވެ. 60 ޓަނުގެ ދެ އާރޯޕްލާންޓް ބަހައްޓާފައިވާއިރު މި އާރޯޕްލާންޓްތަކުން 120 ކިޔުބިކް މީޓަރުގެ ފެން ދުވާލަކު އުފައްދާނެއެވެ.
ތ.ތިމަރަފުށީގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް