ފޮނަދޫ ތާރަ މެޝިނުން ދުން އަރާތީ ސިފައިން ހަރަކާތްތެރިވަނީ

ލ ފޮނަދޫ މަގުތަކުގައި ތާރަ އެޅުމަށް ތާރަ މިކްސް ކުރުމުގައި ބޭނުން ކުރަމުންދިޔަ މެޝިނުން ދުން އަރާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އެބަދެއެވެ. ދުވަހަށް މައުލޫމާތު ލިބިފ...

13 Aug 2018 | 02:57

ލ ފޮނަދޫ މަގުތަކުގައި ތާރަ އެޅުމަށް ތާރަ މިކްސް ކުރުމުގައި ބޭނުން ކުރަމުންދިޔަ މެޝިނުން ދުން އަރާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އެބަދެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފަތިހު 05:50 ހާއިރުގައިއެވެ. ބެލެވޭގޮތުގައި މި ހާދިސާ ހިނގާފައިވަނީ މެޝިނުގެ މަތީ ކޮމްޕާޓްމެންޓްގައިއެވެ. ދުން އަރަމުންދަނީ އެބައިންނެވެ.

މެޝިނުގެ މަތިން ދުން އަރަމުން އަންނައިރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ފަޔަރ ޓީމްގެ އިސް އޮފިޝަރަކު ފޮނަދޫ ޕަބްލިކް ވޯކްސްގެ އިސްވެރިންނަށް މައުލޫމާތު ދެމުން ބުނީ މަތީ ކޮމްޕާޓްމެންޓްގެ އެތެރޭގައި އަލިފާނުގެ އަސަރު ހުރި ކަމުގައި ވަރަށް ބޮޑަށް ބެލެވޭކަމަށާއި އަދި އެ ކޮމްޕާޓްމެންޓު ހުޅުވައިފިނަމަ ހުޅުފަޅައިގެން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ހުޅުވައިފިނަމަ ހުޅު ފަޅައިގެން ދިއުމުގެ ފުރުސަތު އޮންނާނެ، އޭރުން ފެން ޖަހަން ޖެހޭނެ، ފެން ޖަހައިފިނަމަ އެ ކޮމްޕާޓްމެންޓްގައި ހުރި ބައިތައް ހަލާކުވުމުގެ ފުރުސަތު ބޮޑު، ބަންދުކޮށްފައި ބަހައްޓައިފިނަމަ އަލިފާނަށް އޮކްސިޖަން ނުލިބި އަލިފާން ނިވޭނެކަމަށް ބެލެވެނީ" ޕަބްލިކް ވޯކްސް އިސްވެރިންނަށް މައުލޫމާތު ދެމުން ފަޔަރ އޮފިޝަރު ބުންޏެވެ.

އެ ސަރަހައްދުގައި މިހާރުވެސް ފަޔަރ ޓީމަކުން ހަރަކާތްތެރިވަމުން އަންނައިރު ހާދިސާގެ ތަފްސީލު ރަސްމީ އެއްވެސް އިދާރާއަކުން އަދި ލިބިފައެއް ނުވެ އެވެ.

ފޮނަދޫ މަގުތަކުގައި ތާރަ އެޅުމުގެ މަސައްކަތް ކުރުމަށް މިހާރު ބޭނުން ކުރަމުން އަންނަ އެ މެޝިނަކީ ލާމު ލިންކް ރޯޑް ތާރަ އެޅުމުގައި ހަރަކާތްތެރިވި ޗައިނާ މީހުން ބޭނުން ކުރި ތާރަ މެޝިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް