މިއަދަކީ ހައްޖު މަހުގެ ދެވަނަ ދުވަހެވެ. މިއީ ހައްޖުމަހު ނުވަ ރޯދަ ހިފާއިރު ހިފަންޖެހޭނީ ކިހިނެއް ކަމާއިމެދު އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސްގައި ކޮށްފައިވާ ސުވާލެއްގެ ޖަވާބެވެ. ޖަވާބު ދެއްވާފައިވަނީ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފެވެ.
ސުވާލުގައި ބުނެފައިވަނީ ހައްޖު މަހު ނުވަ ރޯދަ ހިފާއިރު ހިފަންޖެހޭނީ ކިހިނެއްތޯ އާއި ޖެހިޖެހިގެން ތޯ އެވެ. ނޫނީ ހައްޖު މަހުގެ ބޭނުން ނުވަ ދުވަހެއްގައި ހިފޭނެތޯ އެވެ.
ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ބޮޑަށް އެދެވިގެންވަނީ ހައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހު އެއްކޮށް ރޯދަހިފުން ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ނުހިފާ ބައެއް ދުވަސްދުވަހު ހިފި ނަމަވެސް މައްސަލައެއް ނެތްކަމަށެވެ.
"ނަމަވެސް ކޮންމެހެންވެސް ނުވަ ވަނަ ދުވަހު ރޯދަ ހިފޭތޯ ބަލަންވާނެ" ޖަވާބުގައިވެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ ނުވަވަނަ ދުވަހު ރޯދަ ހިފައިފިނަމަ ކުރީ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަ ފޮހެވޭނެކަމަށް ހަދީޝްގައި އޮންނަ ކަމަށެވެ.
އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕް ތަކަކީ ދީނީ ސުވާލުތަކަށް ޖަވާބުދޭ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމްގައި ކޮންމެ ދުވަހަކު އެތައް ސުވާލަކަށް އަންނަނީ ޖަވާބުދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް