އިންތިހާބުގެ ކުރިން ރާއްޖޭގެ ކަންކަން އިސްލާހު ކުރުމަށް މޯދީ ގޮވާލައްވައިފި

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ޖުޑީޝަރީ މިނިވަން ކަމާއެކު ކުރިއަށްގެންގޮސް ޑިމޮކްރަސީގެ މަގަށް ރުޖޫއަވުމަށް އިންޑިއާގެ ބޮޑުވަޒީފު ގޮވާލައްވައިފި އެވެ. މިއީ ރާއްޖޭގެ ސި...

12 Aug 2018 | 22:29

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ޖުޑީޝަރީ މިނިވަން ކަމާއެކު ކުރިއަށްގެންގޮސް ޑިމޮކްރަސީގެ މަގަށް ރުޖޫއަވުމަށް އިންޑިއާގެ ބޮޑުވަޒީފު ގޮވާލައްވައިފި އެވެ.

މިއީ ރާއްޖޭގެ ސިޔާސީ މަސްރަހާއިމެދު އިންޑިއާއިން ބަހެއް ނުބުނެ ދުވަސްތަކެއް ވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ގޮވާލެއްވި ގޮވާލެއްވުމެކެވެ.

"އުންމީދުކުރަނީ ރިޔާސީ އިންތިހާބުގެ ކުރިން ދައުލަތުގެ މުއައްސަސާތައް ގާނޫނާއި އެއްގޮތަށް ހިންގައި ދެފުށްފެންނަ އަދި މިނިވަން އިންސާފުވެރި ޝަރުޢީ ނިޒާމެއް ހިންގުމަށް ފުރުސަތު ދިނުން" ޓައިމްސް އޮފް އިންޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި މޯދީ ވިދާޅުވެފައިވެއެވެ.

މޯދީ އިތުރަށް ވިދާޅުވެފައިވަނީ ކަންކަން އިސްލާހުކޮށްފިނަމަ އިންތިހާބު ބޭއްވޭނެ ހެޔޮ މާހައުލެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް