ހުޅުމާލޭގައި ބިދޭސީން ކުރާ މުޒާހަރާއިން 40 މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ބިދޭސީން ތަކަކާއި ފުލުހުންގެ ކުރިމަތިލުމެއް ހިނގައިފިއެވެ. ފުލުހުން ބުނެފައިވަނީ އައިލެންޑް އެކްސްޕާޓް ގެ ބިދޭސީ މުވައްޒަފުންތަކެއް މުސާރަ ނުލިބޭތީ ހިތްހަމަނުޖެހުން ފާޅުކުރުމަށް ހުޅުމާލެގ...

13 Jul 2020 | 05:34

ހުޅުމާލޭގައި ބިދޭސީން ތަކަކާއި ފުލުހުންގެ ކުރިމަތިލުމެއް ހިނގައިފިއެވެ.

ފުލުހުން ބުނެފައިވަނީ އައިލެންޑް އެކްސްޕާޓް ގެ ބިދޭސީ މުވައްޒަފުންތަކެއް މުސާރަ ނުލިބޭތީ ހިތްހަމަނުޖެހުން ފާޅުކުރުމަށް ހުޅުމާލެގައި މިއަދު ކުރިއަށް ގެންދާ މުޒާހަރާއެއްގައި ހަމަނުޖެހުން ހިންގައި ބައެއް ފުލުހުންނަށް އަނިޔާވެ ފުލުހުންގެ ވެހިކަލަކަށް ގެއްލުން ވެފައިވާކަމަށެވެ.

"ހަމަނުޖެހުން މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ، މުޒާހަރާ ކުރަމުންދާ ބިދޭސީން މިވަގުތު ތިބީ އައިލެންޑް އެކްސްޕާޓްގެ ލޭބަރ ކުއާޓަރ ގައި" ފުލުހުން ބުނެފައިވެއެވެ.

މި މުޒާހަރާގެ ތެރެއިން40 ބިދޭސީ އަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެ އެވެ. ފުލުހުން ބުނީ މުޒާހަރާ ކުރާ މީހުން ވަނީ ފުލުހުންނާއި ދިމާއަށް ގާ އުކާފައި އެވެ.

އައިލެންޑް އެކްސްޕާޓަކީ ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅާ ކުންފުންޏެވެ. މީގެ ކުރިންވެސް މި ބިދޭސީން މުޒާހަރާ ކޮށްފައިވެއެވެ.

މިއަދުގެ މުޒާހަރާގައި އެ ކުންފުނީގައި މަސައްކަތް ކުރާ200 އެއްހާ ބިދޭސީން ބައިވެރިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް