ބާ ކައުންސިލްގެ ރައީސް ކަމަށް މަޢުމޫން ހަމީދު، ނައިބު ރައީސް ކަމަށް މުއިއްޒު

ބާ ކައުންސިލްގެ ރައީސް ކަމަށް މަޢުމޫން ހަމީދު އަދި ނައިބު ރައީސް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު އިންތިޚާބުވެވަޑައިގެންފިއެވެ. ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ...

13 Jul 2019 | 16:53

ބާ ކައުންސިލްގެ ރައީސް ކަމަށް މަޢުމޫން ހަމީދު އަދި ނައިބު ރައީސް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު އިންތިޚާބުވެވަޑައިގެންފިއެވެ.

ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫން ހަމީދު އިންތިހާބުވެވަޑައިގެންނެވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާ ވާދަކުރައްވައިގެންނެވެ.

ނައިބު ރައީސަކަށް މުއިއްޒު އިންތިޚާބުވެވަޑައިގެންނެވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާ ވާދަކުރައްވައިގެންނެވެ.

މި އިންތިހާބު ބާއްވާފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ 1600 ވަކީލުންގެ މެދުގައެވެ. މާލެއާއި އައްޑޫގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވެއެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދިޔައީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މައި މަރުކަޒު، ބާ ޖަމާލުއްދީނުގައެވެ. އައްޑޫގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ޝަރަފުއްދީން ސްކޫލުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް