އިންޑިއާގައި ވިއްސާރައިގެ އަސަރު ބޮޑަށް ކޮށްފައިވަނީ އިންޑިއާގެ އާސާމާއި އަނުރާޗަލް ޕުރަދޭޝަށެވެ. އެގޮތުން އާސާމުގައި ހަ މީހަކު މަރުވެފައިވާއިރު އަނުރާޗަލް ޕުރަދޭޝުން ފަސް މީހަކު މަރުވެފައިވެއެވެ.
ނޭޕާލުގައި ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ނޭޕާލުގެ އިރުމަތީ ޑިސްޓްރިކްޓް ތަަކށެވެ.
ނޭޕާލުގައި 17 މީހަކު މަރުވެފައިވާއިރު އިތުރު ހަތް މީހަކު ގެއްލިފައިވާކަމުގެ ރިޕޯޓް ހުށަހަޅާފައިވާކަމުގައިވެސް ނޭޕާލުގެ ފުލުހުން ބުނެފައިވެއެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގާ ކުރިއަށް އޮތް ދެ ދުވަހުވެސް ވަރަށް ބޯކޮށް ވާރޭ ވެހިދާނެ ކަމަށް ނޭޕާލުގެ މޫސުމާއިބެހޭ އިދާރާއިން ހާމަކުރެއެވެ.
މިދިޔަ އަހަރުވެސް ވިއްސާރަ މޫސުމުގައި ނޭޕާލުން 150 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް