ރޭގެ ދަންވަރުގެ ވަގުތެއްގައި މާލޭގައި ގެއެއް ބެލްކަނިން ބައެއް ވެއްޓިއްޖެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ފުލުހުންނަށް މިކަން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 12:50 ހާއިރުގައެވެ. ވެއްޓިފައިވަނީ މާފަންނުގައި ހުންނަ ގެއެއްގެ ބެލްކަނީގެ ބައެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
"ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ގޮސް އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމާ ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާ ކޮށްފައިވާނެ" ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ދާދި މިދާކަށް ދުވަހު މާލޭ ގެއެއްގެ ބެލްކަނިން ބައެއް ވެޓި ބޮޑު ތިން މީހަކަށާއި ކުޑަކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް