ދެކުނުގެ އަތޮޅެއްގެ ރަށެއްގައި އުމުރުން އެންމެ 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އުމުރުން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން، ބަންދުގައި ބަހައްޓަން ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މައްސަލަ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެއް ކަމުން، އަނިޔާ ލިބޭ ކުޑަކުދިންގެ އައިޑެންޓިޓީ ރައްކާތެރި ކުރުމަށްޓަކައި އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް