ދިރާގުން ކެއަރ ސޮސައިޓީގެ “ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމް 2019” ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފި

ދިރާގުން ކެއަރ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމް މިއަހަރު ކުރިއަށް ގެންދިޔުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީފިއެވެ. ކެއަރ ސޮސައިޓީއިން ކުރިއަށް ގެންދާ ވޮކޭޝަނަލް ޓްރެއިނިންނގ ޕްރޮގްރާމަކީ ...

13 Jul 2019 | 06:46

ދިރާގުން ކެއަރ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމް މިއަހަރު ކުރިއަށް ގެންދިޔުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކެއަރ ސޮސައިޓީއިން ކުރިއަށް ގެންދާ ވޮކޭޝަނަލް ޓްރެއިނިންނގ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމުގެ ގޮތުން އުފެއްދުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ އެކުދިން ބޮޑުވެގެން ދާއިރު އަމިއްލައަށް ކޮންމެވެސް ކަހަލަ އާމްދަނީއެއް ހޯދާނެ ގޮތްތަކެއް ހޯދައިދިނުމުގެ މަގު ފަހިކޮށްދިނުމަށެވެ. އެގޮތުން މި ސެންޓަރުން، ކޮމްޕިއުޓަރ ސްކިލްސް، ފެހުން، ޑިޒައިން ފަދަ ތަފާތު ހުނަރުތައް ދަސްކޮށްދެއެވެ.

ކެއަރ ސޮސައިޓީގެ އެގްޒެކްޓިވް ޑިރެކްޓަރ ނައުޝަން މުހައިމިން ވިދާޅުވީ  ދިރާގު ފަދަ ކުންފުނި ތަކުގެ އެހީ ވަރަށް މުހިންމު  ކަމަށެވެ. މީގެ ސަބަބަކީ އެ ގޮތަށް އެންޖީއޯ ތަކަށް އެހީތެރިކަން ލިބޭ ކަމުގައި ވާނަމަ، ދެމެހެއްޓެނެވި ގޮތަކަށް މި ފަދަ ޕްރޮގުރާމްތައް ކުރިއަށް ގެންދިޔުމުގެ މަގުފަހި ވެގެންދާނެކަމެވެ.  އެގޮތުން ކެއަރ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިންގ ކްލާސްތައް ދެމެހެއްޓެނެވި ގޮތެއްގައި ފާއިތުވެދިޔަ 3 އަހަރު ކުރިއަށް ގެންދެވިފައިވާ އެއް ސަބަބަކީ ދިރާގުން ކެނޑިނޭޅި ވެދެއްވި އެހީތެރިކަމުން ކަން ފާހަގަކުރެއްވިއެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ  ދަށުން ކުޑަކުދިނަން އެހީތެރިކަން ފޯރުކޮށްދީ،  ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް އިސްކަމެއް ދެއެވެ. އެގޮތުން މީގެ ކުރިންވެސް  ކެއަރ ސޮސައިޓީގައި އަރލީ އިންޓަވެންޝަން ކްލާހެއް ފެއްޓުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.  އަދި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން ފޮ ޕަރސަންސް ވިތް ޑިސްއެބިލިޓީސް، އަދި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަން ފަދަ އެންޖީއޯތަކުގެ ތަފާތު ޕްރޮގްރާމްތަކަށް އެއްބާރުލުންދީފައިވެއެވެ. މީގެ އިތުރުން، ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީވެސް، ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކުރެވިގެން ކޮންމެ އަހަރަކު ބާއްވާ އެފަދަ ހަމައެކަނި ހަރަކާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް