އިދިކޮޅު ރަނިންމޭޓަކަށް ފައިސަލް ނަސީމް

އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިގެން ނެރޭ ރަނިންމޭޓަކަށް ފައިސަލް ނަސީމް ހޮވައިފި އެވެ. ފައިސަލް ނަސީމް ރަނިންމޭޓު ކަމުގެ ޓިކެޓް ދޭން ފާސްކޮށްފައިމިވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުގައި މިރޭ ނެގި ސިއްރު ...

13 Jul 2018 | 16:49

އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިގެން ނެރޭ ރަނިންމޭޓަކަށް ފައިސަލް ނަސީމް ހޮވައިފި އެވެ.

ފައިސަލް ނަސީމް ރަނިންމޭޓު ކަމުގެ ޓިކެޓް ދޭން ފާސްކޮށްފައިމިވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުގައި މިރޭ ނެގި ސިއްރު ވޯޓެއްގެ އަގުލަބިއްޔަތުން އޭނާ ހޮވުމުންނެވެ.

ރަނިންމޭޓް ކަމަށް ޖޭޕީން ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި އެމްޕީ އަލީ ހުސެއިން، އެ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން އަދި ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ހިމެނެ އެވެ.

ޖޭޕީގެ ކައުންސިލްގައި ރޭ ނެގި ސިއްރު ވޯޓުން ފައިސަލް އަށް ލިބިވަޑައިގަތީ 15 ވޯޓެވެ. އަލީ ހުސައިނަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ދެން އެ އިންތިހާބުގައި ވާދަކުރެއްވި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީނަށް ނުވަ ވޯޓް ލިބުނު އިރު ޑރ. ހުސައިން ރަޝީދު ހަސަނަށް ލިބިވަޑައިިގަތީ ދެ ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް