ފޭކް ފޮލޯވާސް އާއި ލޮކްޑް ފޮލޯވާސް އަދި ބޮޓްސް ތަކުން ކޮށްފައި ހުންނަ ފޮލޯ، މީހުންގެ ފޮލޯވާސް އަދަދުން ނުފެންނަގޮތް ހެދުމަށް ޓްވިޓާއިން މިއަދުންފެށިގެން ގެނައި ބަދަލާއެކު ރައީސް ޔާމީންގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓުން 24 ހާހަށްވުރެ ގިނަ ފޮލޯވާސް މަދުވެއްޖެ އެވެ.
ފޭކް ފޮލޯވާސް ނުފެންނަގޮތް ހަދާނެކަން ޓްވިޓާއިން އިއްޔެ އިއުލާނު ކުރުމާއެކު ދުވަސްއިން ވާނީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެތެރެއިން ބައެއް ލީޑަރުންގެ ޓްވިޓާއެކައުންޓްތަކުގެ ސްކްރީންޝޮޓް ނަގާފަ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓް ހިމެނެ އެވެ.
ޓްވިޓާއިން އެ ބަދަލު ގެނައުމުގެ ކުރީގައި ރައީސް މައުމޫންގެ ޓްވިޓާ އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދަކީ 134 ހާހެވެ. އެ ބަދަލަށްފަހު ރައީސް މައުމޫންގެ ޓްވިޓާ އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދު 132 ހާސް ފޮލޯވާސް އަށް ވަނީ މަދުވެފައެވެ. އެހެންކަމުން ރައީސް މައުމޫންގެ އެކައުންޓުން ދެހާސް ފޮލޯވާސް ވަނީ މަދުވެފައި އެވެ.
ޓްވީޓާއިން އެ ބަދަލު ގެނައުމުގެ ކުރިން ރައީސް ނަޝީދުގެ އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދަކީ 202 ހާހެވެ. އެ ބަދަލާއެކު ރައީސް ނަޝީދުގެ އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދު ވަނީ 199 ހާހަށް ދަށްވެފައި އެވެ. އެހެންކަމުން ރައީސް ނަޝީދުގެ އެކައުންޓުން ތިން ހާހަށްވުރެ ގިނަ ފޮލޯވާސް ވަނީ މަދުވެފައި އެވެ.
މި ބަދަލު ދުނިޔޭގެ މަޝްހޫރު ތަރިންނާއި ޕޮލިޓީޝަނުންގެ ފޮލޯވާސް ލިސްޓަށްވެސް އައިސްފައިވެ އެވެ. އެގޮތުން ކެޓީ ޕެރީ ޖަސްޓިން ބީބާ، ބަރަކް އޮބާމާގެ ފޮލޯވާސް ލިސްޓުން މިލިޔަނުން މަދުވެފައި ވެ އެވެ.
https://twitter.com/Twitter/status/1017077041865412609
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް