ކޯސްޓްގާޑް ހުރަވީ މަރާމާތަށް އިންޑިއާއަށް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓްގާޑް ހުރަވީ މަރާމާރާތަށް އިންޑިއާއަށް ގެންގޮސްފި އެވެ. ދަ ހިންދޫގައި ރިޕޯޓްކޮށްފައިވާގޮތުގައި ކޯސްޓްގާޑް ހުރަވީ މަރާމާތަށް ގެންގޮސްފައިވަނީ އ...

13 Jul 2018 | 09:00

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓްގާޑް ހުރަވީ މަރާމާރާތަށް އިންޑިއާއަށް ގެންގޮސްފި އެވެ.

ދަ ހިންދޫގައި ރިޕޯޓްކޮށްފައިވާގޮތުގައި ކޯސްޓްގާޑް ހުރަވީ މަރާމާތަށް ގެންގޮސްފައިވަނީ އިންޑިއާގެ ނޭވަލް ޑޮކްޔާޑަށެވެ. އެ ޑޮކްޔާޑަށް ހުރަވީ ގެންދިއުމުގައި އެހީތެރިވީ އިންޑިޑިއާގެ އައިއެންއެސް ރާނާ ކަމަށާއި އިންޑިއާއަށް ގެންދިޔައީ ލަންކާއިން ކަމުގައި ބުނެފައި ވެ އެވެ.

ކޯސްޓްގާޑަށް މަރުހަބާކިޔުމަށް ނޭވަލް ޑޮކްޔާޑުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި ކަމަށާއި ހުރަވީއާއެކު މޭޖަން މުހައްމަދު ޖަމްޝާދު އާއި ހަތް އޮފިޝަރުންނާއި 19 ސެއިލަރުން ނޭވަލް ޑޯކްޔާޑަށް ގޮސްފައިވާކަމަށް ބުނެފައި ވެ އެވެ.

ކޯސްޓްގާޑް ހުރަވީގެ މަރާމާތު މަސައްކަތް އޮގަސްޓް އެކެއްގައި ފަށައި ހަތަރު މަސްތެރޭގައި މަރާމާތި ނިމޭނެ ކަމަށާއި އެ މުއްދަތުގައި ހުރަވީގެ ކްރޫންނަށް އިންޑިއާއިން ތަމްރީނުތަކެއް ދިނުމަށް ހަމަޖެހިފައިވާކަމުގައިވެސް ދަ ހިންދޫގައި ރިޕޯޓް ކޮށްފައި ވެ އެވެ.

ދަ ހިންދޫގައި އިތުރަށް ރިޕޯޓްކޮށްފައިވާގޮތުގައި 2001 ގައި ކަލްކަޓާގައި ބަނދެފައިވާ އެ ކޯސްޓްގާޑް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފައިވަނީ އޭޕްރިލް 2016ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް