ހުކުމް ތަންފީޒު ކުރުމަށްޓަކައި ހަތަރު މީހަކު ދަންޖައްސާ މަރާލާފައިވާކަމުގައި ސައުދީ އަރަބިއްޔާގެ ދާހިލީ ވުޒާރާއިން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުގައި މިދިޔަ ހޯމަ ދުވަހު ދަންޖައްސާ މަރާފައިވަނީ އަމްޖަދު ނާޖީ އަލް މޯބިދު ކިޔާ ކުށްވެރިއަކާއި ޒާހިރު އަބްދުލްރަހީމް އަލް ބަސްރީ ކިޔާ ކުށްވެރިއަކާއި، ޔޫސުފް އަލީ އަލްމުޝައިޚީސް ކިޔާ ކުށްވެރިއަކާއި މުހައްމަދު ހަސަން ސާއިގް ކިޔާ ކުށްވެރިއެކެވެ.
މި ހަތަރު މީހުންނަކީ ހަތަރު ޓެރަރިސްޓުން ކަމަށާއި 2011 އިން ފެށިގެން އެތައް ހަމަލާއެއްގައި މި ހަތަރުމީހުން ބައިވެރިވެފައިވާކަމުގައިވެސް އެ ބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް