ގާސިމްގެ މައްސަލަ މިއަދު ހެނދުނަށް ތާވަލްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުންކުރ ތިން ދައުވާއެއް މި ހަފްތާގެ ތެރޭގައި ބޭރުކޮށްލާފައިވަނިކޮށް އެ މައްސަލަ އަލުން އިއްޔެ ކޯޓަށް ވައްދާފައިވާއިރު މައްސަލައިގެ އަޑުއެހުމަށ...

12 Jul 2017 | 21:21

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުންކުރ ތިން ދައުވާއެއް މި ހަފްތާގެ ތެރޭގައި ބޭރުކޮށްލާފައިވަނިކޮށް އެ މައްސަލަ އަލުން އިއްޔެ ކޯޓަށް ވައްދާފައިވާއިރު މައްސަލައިގެ އަޑުއެހުމަށް މިއަދަށް ތާވަލް ކޮށްފި އެވެ.

މައްސަލަ ތާވަލް ކޮށްފައިވާއިރު މިއަދު ހެނދުނު 10:00 އަށް ކޯޓަށް ހާޒިރުވުމަށް ގާސިމަށް ޗިޓް ވަނީ ފޮނުވާފަ އެވެ.

މައްސަލަ އަލުން ހުށަހަޅައި އަޑުއެހުންތައް މިއަދު ފަށަން ތައްޔާރުވެފައިވައިރު ދައުވާތައް ކޯޓުން ބޭރުކޮށްލީ މައްސަލާގައި ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރުވެވަޑައި ނުގެންނެވުމުނެނެވެ.  ބޭރުކޮށްލީ މިދިޔަ ހޯމަ ދުވަހުގަ އެވެ.

ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ތިން ދައުވާއަކީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން ނުފޫޒެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. ތިން ދައުވާވެސް އަލުން ކޯޓަށް ވައްދާފައި މިވަނީ މި ދައުވަތައް ދެން ކޯޓަށް ނުވެއްދޭނެކަމަށް ގާސިމްގެ ވަކީލުން ވިދާޅުވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް