ރިޔާޒް ރަޝީދުގެ ދެ ސުވާލު: 32 މިލިޔަނަށް ނުވިކޭނެތޯ؟ އެމްޕީން ދިޔައީ އެއްޗެއް ނުލިބިތޯ؟

ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު، މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައާއި ގުޅިގެން ވެރިކަންކުރާ ޕާޓީން 10 މެމްބަރަކު ވަކިވެފައިވާއިރު، ރިޝްވަތުގެ ގޮތުގައި އެމްޕީ ފަލާހަށް 32 މިލިޔ...

12 Jul 2017 | 21:08

ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު، މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައާއި ގުޅިގެން ވެރިކަންކުރާ ޕާޓީން 10 މެމްބަރަކު ވަކިވެފައިވާއިރު، ރިޝްވަތުގެ ގޮތުގައި އެމްޕީ ފަލާހަށް 32 މިލިޔަން ރުފިޔާ ހުށަހެޅި ކަމަށް ބުނެފައިވާއިރު އަދި ޕާޓީން ކެނޑުނީ އެއްވެސް އަގަކަށް ނޫން ކަމަށް ވަކިވި މެމްބަރުން ބުނެފައވާއިރު ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަރުގަދަ ދެ ސުވާލެއް އުފައްދައިފި އެވެ.

ވަކިވަކިން ކޮށްފައިވާ ދެ ޓްވީޓެއްގެ ތެރެއިން ފުރަތަމަ ޓްވީޓްގައި ރިޔާޒް ރަޝީދު ވިދާޅުވެފައިވަނީ ކޮންމެ އެއްޗަކަށްވެސް އަގެއް އޮންނާނެ ކަމަށެވެ. 32 މިލިޔަނަށް ނުވިކޭނެ އެމްޕީއަކު މަޖިލީހުގައި ހުރެދާނެ ކަމާއިމެދު ރިޔާޒް ރަޝީދުގެ ޓްވީޓްގައި ސުވާލު އުފައްދަވާފައި ވެ އެވެ.

ދެވަނަ ޓްވީޓްގައި ރިޔާޒް ވިދާޅުވެފައިވަނީ މަޖިލިސް އެމްޕީސް މީ ވިކޭ ބައެއްކަން ގިނަ ދިވެހިން ގަބޫލުކުރާ ކަމަށެވެ. ޕީޕީއެމުން ވަކިވި އެމްޕީސް ތައް ދިޔައީ ހަމަ އެއްޗެއް ނުލިބިތޯވެސް ރިޔާޒް ރަޝީދު ސުވާލު އުފައްދަވާފައި ވެ އެވެ.

މި ދެ ޓްވީޓްވެސް ރިޔާޒް ރަޝީދު ކޮށްފައިވަނީ ގާނޫނު ނަމްބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ފެންނަ ފޮޓޯއަކާވެސް އެކުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް