ތުރުކީގައި ކުއްލި ހާލަތު އިއުލާނު ކޮށްފައި އޮންނަތާ މި މަހުގެ 15 އަށް އެއް އަހަރު ފުރޭނެ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ 15ގައި އެ ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފައިވަނީ އެގައުމަށް ގެންނަން އުޅުނު އަސްކަރީ ބަޣާވާތް ނާކާމިޔާބު ކޮށްލުމަށްފަހުގަ އެވެ.
ކުއްލި ހާލަތު އިއުލާނުކުރިތާ އެއް އަހަރުވާން ގާތްވެފައިވާއިރު ކުއްލި ހާލަތު އުވާލަފާނެތޯ ގައުމުގެ ރައީސް ތައްބިޕް އުރުދުޣާން އަށް ސުވާލު ކުރުމުން ރައީސް ވިދާޅުވެފައިވަނީ އުވާލަފާނެ ކަމާމެދު ސުވާލެއް ނުއުފެދޭ ކަމަށެވެ. އުވާ ނުލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އިއުލާނުކޮށްފައިވާ ކުއްލި ހާލަތު އުވާލަނީ ގެންނަން އުޅުނު އަސްކަރީ ބަޣާވާތާއި ގުޅިގެން ހިނގަމުން އަންނަ ހުރިހާ ކަމެއް ނިމުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް