މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ ގަޑިއަކު 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މި ސަމާލުގައި ބުނެފައިވަނީ އާންމު ވައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހުން އެކަށީގެންވާކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
މި ސަމާލު ނެރެފައިވަނީ ހަވީރު 05:30 އިން މިރޭ 08:30 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް