ގޭގައި ކަރަންޓީން ކުރުމުގެ އުސޫލަށް ބަދަލެއް، މިހާރު ބޭރަށް ނުކުމެވޭ!

ކޯވިޑް-19 އާއި ގުޅިގެން ގޭގައި ކަރަންޓީންވުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ. ގޭގައި ކަރަންޓީން ކުރަނީ މާލެއިން ރަށްރަށަށް ދާ މީހުންނާއި ރާޢްޖެއިން ބޭރުން އަންނަ މީހުންނެވެ. އެމީހުން ކަރަންޓީން...

13 Jun 2020 | 07:43

ކޯވިޑް-19 އާއި ގުޅިގެން ގޭގައި ކަރަންޓީންވުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.

ގޭގައި ކަރަންޓީން ކުރަނީ މާލެއިން ރަށްރަށަށް ދާ މީހުންނާއި ރާޢްޖެއިން ބޭރުން އަންނަ މީހުންނެވެ. އެމީހުން ކަރަންޓީން ވެ ހުންނަ ތަނުގެ މައުލޫމާތާއި ހާލަތު އެޗްޕީއޭއިން ދުރާލާ ދެނެގަނެ އެވެ.

އެކަމާއި ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލަށް އިއްޔެ ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ.

އޭގެ ތެރޭގައި ކަރަންޓީން ކުރާ މީހާ އެއްގޮތަކަށްވެސް ބޭރަށް ނުކުމެގެން ނުވާނެ ކަމަށް އޮތް އޮތުން ވަނީ ބަދަލުކޮށްފައި އެވެ. މިހާރު އުސޫލު އޮތް ގޮތުން ކަރަންޓީންގައި ހުންނަ މީހާ ގެއިން ބޭރަށް ނުކުތުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

އުސޫލަށް ގެނައި އިސްލާހުގައި ވާގޮތުން ކަރަންޓީން ކުރާ ގޭގައި ދިރިއުޅޭ އެހެން މީހުންނަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށް ބޭރަށް ނުކުތުމުގެ ހުއްދަ ދީފައި އޮވެ އެވެ. އެކަމަކު އެގޮތަށް ނުކުމެ އެހެން މީހުންނާއި އެކު ވާހަކަ ދައްކަން މަޑު ކުރުމާއި އެހެން ގޭގެއަށް ދިއުން މަނަލެވެ.

ރަށްރަށަށް ގޮސް ކަރަންޓީން ވުމުގެ ފުރުސަތު ދެނީ ބަލީގެ އެއްވެސް އަލަމާތެއް ނެތް ނަމައެވެ.

ރަށަށް ދާން ބޭނުންވެގެން އެ ރަށެއްގެ ކައުންސިލްގައި ރަޖިސްޓްރީ ކުރުމުން އެ މީހަކު ގޮސް ކަރަންޓީންވެގެން ހުންނަ ގެއަކީ އުސޫލަށް ފެތޭ ތަނެއްތޯ ބަލާނީ ޕަބްލިކް ހެލްތު ޔުނިޓާއި އެރަށެއްގެ ކައުންސިލް ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް