މާލޭގައި ގެސްޓު ހައުސްއެއްގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި އެވެ.
ގެސްޓު ހައުސްއެއްގެ ތެރޭގައި ރޭޕް ކޮށްފައިވަނީ 11 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން އަނިޔާ ލިބުނު ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލަކަށް ގެންދެވިފައި ކަމަށް ބުނެފައިވެ އެވެ.
މި މައްސަލަ ވަރަށް ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް