ޕެންޝަން ފަންޑުން ހައްޖަށް ދިއުމަށް ބޭނުންކުރެވޭ ފައިސާ 80 އިންސައްތަ އަށް އިތުރުކޮށްފި

ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަނޑުން 80 އިންސައްތަ ފައިސާ ބޭނުންކުރެވޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައް...

13 Jun 2019 | 09:12

ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަނޑުން 80 އިންސައްތަ ފައިސާ ބޭނުންކުރެވޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ޕެންޝަން ފަންޑުން ހައްޖަށް ދާން ކުރިން ކަނޑައަޅާފައިވާ މިންވަރު ބޮޑުކޮށް، 80 އިންސައްތަ ފައިސާ ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައި ވާކަމުގައެވެ. އަދި ޕެންޝަނާ ބެހޭ ޤާނޫނަށް އެ އިސްލާހު ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދިއުމަށް އެކުލަވާލައިފައިވާ އުސޫލުގެ ދަށުން، ޕެންޝަން ފަންޑުން ހައްޖުވުމަށް ފައިސާ ބޭނުންކުރެވޭނީ އެކައުންޓްގައި 336000 (ތިންލައްކަ ތިރީސް ހަ ހާސް) ރުފިޔާ ހުންނަ ފަރާތްތަކަށެވެ. ނަމަވެސް މި އަދަދަކީ ބޮޑު އަދަދެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މި އަދަދަށް ފައިސާ ހުރީ 6000 މީހުންގެ އެކައުންޓުގައި ކަމަށް ޕެންޝަން އޮފީހުން ވަނީ ކުރިން ބުނެފައެވެ.

ޕެންޝަން ފަންޑުން މީހުން ހައްޖަށް ގެންދިއުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ރިޔާސީ ވަޢުދުފުޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް