މާރޗް މަހުގެ ލޯނު ސްކީމަށް ނުހޮވޭ ދަރިވަރުންނަށް އަލުން އެޕްލައި ކުރަން ފަސޭހަ ގޮތެއް

ލޯނު ސްކީމް މާރިޗު 2019" އަށް ފޯމު ހުށައަޅާ ހޮވިފައިނުވާ ދަރިވަރުންނަށް ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށައެޅޭނެ ގޮތެއް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހަމަޖައްސައިފިއެވެ. އެ މިނިސްޓްރީން ވިދާޅުވީ،...

13 Jun 2019 | 08:22

ލޯނު ސްކީމް މާރިޗު 2019" އަށް ފޯމު ހުށައަޅާ ހޮވިފައިނުވާ ދަރިވަރުންނަށް ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށައެޅޭނެ ގޮތެއް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހަމަޖައްސައިފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ލޯނު ސްކީމަށް އެޕްލިކޭޝަން ހުށަހަޅާއިރު ޕްރޮފައިލްގައި ހުރި މަޢުލޫމާތު އަލުން ފުރަން ނުޖެހޭނެކަމަށާއި، ނަމަވެސް ހުރިހާ ފަރާތްތަކުންވެސް ޕްރޮފައިލްގައި ހުރި މަޢުލޫމާތު އަލުން ޗެކު ކޮށްލުމަށްފަހު އެޕްލިކޭޝަން ހުށައެޅުމަށް އިލްތިމާސް ކުރާކަމުގައެވެ.

"ދަރިވަރުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން، ލޯނާއި ގުޅޭ އިޢުލާނާއި އުސޫލަށް ބަދަލު ތަކެއް ގެނެވިފައިވާތީ، ދެވިފައިވާ އިރުޝާދުގެ މަތިން އެޕްލިކޭޝަން ހުށައެޅުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް. އަދި "ލޯނު ސްކީމް މާރިޗު 2019" އެކޭ އެއްގޮތަށް ދަރިވަރުންނަށް ލޯނު ދިނުމުގައި މި މިނިސްޓްރީން ކޮށްފައިވާ ޢިއުލާނާއި އުސޫލާ އެއްގޮތައް ލޯނުލިބޭ ދަރިވަރުން ކަނޑައަޅާނެކަމުގެ ފުރިހަމަޔަޤިންކަން ދެން" އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވެއެވެ.

އެ މިނިސްޓްރީން އިތުރަށް ވިދާޅުވީ، "މައިއެޑިއު" ޕޯޓަލްގައި ފުރާ ހުރިހާ މައުލޫމާތެއްވެސް ފުރިހަމަ ކުރުމަކީ މުހިންމު ކަމަކަށްވާއިރު، ޕްރޮފައިލް މަޢުލޫމާތު އަދާހަމަކުރަންޖެހޭ ނަމަ އެކަން ފުރިހަމަކުރުމަށްފަހު އެޕްލިކޭޝަން ހުށައެޅުން ވަރަށް މުހިންމު ކަމުގައެވެ.

މި ލޯނު ސްކީމަށް ހުށަހެޅުމުގެ ސުންގަޑިއަކީ 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:30 އެވެ. ލޯނަށް ކުރިމަތިލާ ހުރިހާ ފަރާތަކަށްވެސް 3 ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ފުރިހަމަތޯ ނުވަތަ ނޫންތޯ އެނގޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން، މި ޚިދުމަތް ލިބެން އޮތީ އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ 3 ދުވަސްކުރިން ހުށަހަޅާ ފަރާތްތަކަށް އެކަނި ކަންވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް