ކޮރަޕްޝަނުގެ 400 މައްސަލައެއް ފޮނުވައިފައިވޭ: ރައީސް އޮފީސް

"ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަން" ކެމްޕޭނުގެ ދަށުން ކޮރަޕްޝަން އާއި ގުޅޭ މައްސަލަތަށް ހުށަހެޅުމަށް ރައީސް އޮފީހުން ގާއިމުކުރި އޮންލައިން ޕޯޓަލް އަށް މިހާތަނަށް 400 މައްސަލައެއް ހުށަހަޅާފައިވާކަމަށް ރައީ...

13 Jun 2019 | 07:58

"ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަން" ކެމްޕޭނުގެ ދަށުން ކޮރަޕްޝަން އާއި ގުޅޭ މައްސަލަތަށް ހުށަހެޅުމަށް ރައީސް އޮފީހުން ގާއިމުކުރި އޮންލައިން ޕޯޓަލް އަށް މިހާތަނަށް 400 މައްސަލައެއް ހުށަހަޅާފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ،  ޕޯޓަލްއަށް ކޮރަޕްޝަނުގެ 400 އެތަށް މައްސަލައެއް ފޮނުވާފައި ވާކަމަށާއި، އޭގެތެރެއިން ސުވާލު އުފެދޭ 19 މައްސަލައެއް މިހާރު އޭސީސީ އަށް ފޮނުވާފައިވާ ކަމަށެވެ.

ޒީރޯ ޓޮލަރެންސް ކެމްޕޭނު ރައީސް އޮފީހުން ލޯންޗުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެ ކެމްޕޭނުގެ ދަށުން ތައާރަފްކުރި ޕޯޓަލްއަށް ކާކުކަން ނޭންގޭގޮތަށް ކޮރަޕްޝަނުގެ މައްސަލަތައް ހުށަހެޅޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް