މަގުމަތިން ހޮވާފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

މަގުމަތިން ހޮވާފައިވާ ފައިސާތަކެއްގެ ވެރިފަރާތެއް ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ. މި ފައިސާތަކަކީ މިމަހުގެ 9 ވަނަ ދުވަހު، މަޖީދީމަގު އިކުރާމާގެ ކުރިމަތިން މަގުމައްޗަށް ވެއްޓިފައި ވަނިކޮށް، އެވަ...

13 Jun 2019 | 07:17

މަގުމަތިން ހޮވާފައިވާ ފައިސާތަކެއްގެ ވެރިފަރާތެއް ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

މި ފައިސާތަކަކީ މިމަހުގެ 9 ވަނަ ދުވަހު، މަޖީދީމަގު އިކުރާމާގެ ކުރިމަތިން މަގުމައްޗަށް ވެއްޓިފައި ވަނިކޮށް، އެވަގުތު މާލެތެރެ ޕްޓްރޯލް ކުރުމުގައި އުޅުނު ފުލުހަކަށް ފެނިފައިވާ ފައިސާތަކެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ވީމާ ފައިސާތަކުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ، ފައިސާތަކާ ހަވާލުވެލެއްވުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެކެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް