މިނާ ފުށް ލައްވާ ބަޑިއެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި

މިނާ ފުށް ލައްވައިގެން ބޭނުންކުރާ ވައްތަރުގެ ބަޑިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ބަޑި ފެނިފައި ވަނީ އިސްލާމިކް ޔުނިވަރސިޓީ ފުރަގަހުގައި އޮންނަ ޕާކް ...

13 Jun 2019 | 06:30

މިނާ ފުށް ލައްވައިގެން ބޭނުންކުރާ ވައްތަރުގެ ބަޑިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ބަޑި ފެނިފައި ވަނީ އިސްލާމިކް ޔުނިވަރސިޓީ ފުރަގަހުގައި އޮންނަ ޕާކް ތެރޭގައި ތިބި ބައެއްގެ ކައިރިން، ރޭ ދަންވަރު 1:32 ހާއިރު އެވެ.

މި މައްސަލަ އާއި ގުޅިގެން 22 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ސުވާލުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ބަޑި އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް