މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިން ނެއްޓެން އުޅުމުގެތެރޭގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެކްސިޑެންޓެއް ވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ ރޭ 22:15 އާއި 23:00 އާއި ދެމެދުގެ ވަގުތެއްގައި، އަމީރު އަހުމަދު މަގު ވެލާނާގެ ކައިރި ކަފިހިހުރަސް ކައިރިންނެވެ.
ފުލުހުން ވިދާޅުވީ، މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި މެމްބަރު ހަސަންޓޭ ދުއްވަން އިން ސައިކަލު ކަހާލައިގެން ވެއްޓި، އަނިޔާވީ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށާއި، މައްސަލަ ފުލުހުންނަށް ހުށަހަޅަން ހަސަންޓޭ ބޭނުންނުވާ ކަމުގައެވެ.
މަގު ހުރަސްކުރަން އުޅުނު މީހާ، މަގު ހުރަސްކުރީ ކަފިހި ހުރަސް ކައިރިން ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މެމްބަރު ހަސަންޓޭ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އޮފް ޑިއުޓީގައި ހުރި ފުލުހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް